އައްޑޫސިޓީގައި ބޭއްވި "އައްޑޫ ޢީދު ފެސްޓިވަލް" ގައި އެމްއެންޑީއެފް ސަދަން އޭރިއާގެ ސިފައިން ބައިވެރިވެރިވެއްޖެ

އައްޑޫސިޓީ މީދޫގައި ބޭއްވި "އައްޑޫ ޢީދު ފެސްޓިވަލް" ހަވީރުގައި އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑްގެ ސިފައިން ބައިވެރިވެއްޖެއެވެ. ޖުލައި 10 ވަނަ ދުވަހުގެ ހަވީރު ބޭއްވި މި ހަވީރުގައި އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑްގެ އެކި ކޮމްޕޯނަންޓްތަކުން ބައިވެރިވެފައިއެވެ. އެގޮތުން އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް، ސ.ހުޅުމީދޫ ފަޔަރ ސްޓޭޝަންގެ ސިފައިންނާއި އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް ކޯސްޓްގާޑު ފޯތު ސްކޮޑްރަންގެ ސިފައިންނާއި އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑްގެ ސަރވިސް ސަޕޯޓް ކޮމްޕޯނަންޓް 4 ގެ ސިފައިންނާއި އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑްގެ މެރިން ޑިޕްލޯއިމަންޓް ޔުނިޓް 5 ގެ މެރިންސް ވަނީ ހަރަކާތްތެރިވެފައެވެ.

މި ހަރަކާތަކީ ބަރަކާތްތެރި އަޟްޙާ ޢީދުގެ މުނާސަބަތާ ގުޅުވައިގެން އައްޑޫސިޓީ މީދޫ ކައުންސިލުން އިންތިޒާމުކޮށްގެން ކުރިއަށް ގެންދިޔަ ހަރަކާތެކެވެ. މިއީ ފަހުގެ ތާރީޚުގައި އައްޑޫސިޓީގައި މިހާފުޅާ ގޮތެއްގައި އަޟުޙާޢީދު ފާޙަގަކުރި ފުރަތަމަ ފަހަރެވެ، އެގޮތުން އެސިޓީގެ ހުރިިހާ އަވަށެއްގައިވަނީ ވަރަށް ފޯރިިއާއެކު ޢީދުގެ ކުޅިވަރުތައް ކުރިއަށް ގެންގޮސްފައެވެ.