މިއަހަރު، ރާއްޖެއިން ޙައްޖުގެ އަޅުކަން އަދާކުރުމަށް ގޮސް ތިބި ދިވެހިންނާ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސާލިހު ބައްދަލުކުރައްވައި އެމީހުންގެ ހާލު ބައްލަވާލައްވައިފިއެވެ. އެމަނިކުފާނު ދިވެހި ޙައްޖާޖީންނާ ބައްދަލު ކުރެއްވީ މިނާގައެވެ.

މިނާގެ ފޭލިގެތަކުގައި ތިބި ދިވެހި ޙައްޖުވެރިންގެ ޙާލު ބައްލަވައިލެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ކުރެއްވި ޒިޔާރަތުގައި އަރިހުގައި އަނބިކަނބަލުން ފަޒްނާ އަޙްމަދުވެސް ވަޑައިގެންނެވިއެވެ.

މިއަހަރު ރާއްޖެއިން 453 މީހަކު ވަނީ ޙައްޖުގެ އަޅުކަން އަދާކުރުމަށް މައްކާއަށް ގޮސްފައެވެ. ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ޙައްޖުގެ އަޅުކަން އަދާކުރެއްވުމަށް މައްކާއަށް ވަޑައިގެންނެވީ ޖުލައި 4 ވަނަ ދުވަހުގައެވެ.