އިންޑިއާގެ މުންބައި ސަރަހައްދުގައި ހަރުކޯށްފައި ހުރި ބޯޑު ބިލްބޯޑެއް ވެއްޓި 14 މީހުން މަރުވެއްޖެއެވެ.

އިންޑިއަާގެ މުންބައި ސަރައްހަދުގައި ހުރި މި ބިލުބޯޑުވެއްޓިފައިވަނީ އެ ސަރަހައްދަށް ކުރިމަތިވި ތޫފާނެއްގެ ސަބަބުންނެވެ. މބިލުބޯޑު ވެއްޓިފައިވަނީ މުންބައި ސަރަހައްދުގައި ހުރި ގަޓްކޮޕޮރް ސަރަހައްދުގައި ހުރި ގެތަކަކަށާއި ޕެޓްރޯލު ޝެޑަކަށެވެ. މުމްބާއީގެ މުނިސިޕަލް ކޯޕަރޭޝަނުން ބުނީ އެކްސިޑެންޓާ ގުޅިގެން ޒަހަމްވި 74 މީހަކު ހޮސްޕިޓަލަށް ގެންގޮސްފައިވާއިރު 31 މީހަކު ދޫކޮށްލާފައިވާ ކަމަށެވެ.

މި ހާދިސާއާ ގުޅިގެން ގިނަ ބަޔަކު ޓްރެފިކުގައި ތާށިވެފައި ވާއިރު، އަންގާރަ ދުވަހުގެ ވަގުތާ ހަމައަށް ވެސް ސަލާމަތީ މަސައްކަތްތައް ކުރިއަށް ދިޔަ އެވެ. ގުގުރުމުގެ ސަބަބުން މުންބައިގެ ބައެއް ހިސާބުތަކުގައި ޓްރެފިކް ހުއްޓި، އެގައުމުގެ އެންމެ ބިޒީ އެއް އެއާޕޯޓުގެ އޮޕަރޭޝަންތަކަށް ބުރޫއަރާފައިވެ އެވެ.