ފާއިތުވި ހަފްތާގައި ރާއްޖެއިން ކޮވިޑް ޖެހުނު މީހުންގެ އަދަދު ދަށަށް ގޮސްފިއެވެ. އަދަދު ދަށަށް ގޮސްފައިވަނީ އޭގެ ކުރިން ކޮވިޑަ ޖެހޭމީހުންގެ އަދަދު މަތިވުމަށްފަހުގައެވެ.

އެޗުޕީއޭގެ އެންމެ ފަހުގެ މައުލޫމާތު ބުނާގޮތުގައި މިދިޔަ ހަފްތާގެ އާދިއްތަ ދުވަހުން ފެށިގެން ހޮނިހިރުގެ ނިޔަލަށް ރާއްޖެއިން 771 މީހަކުވަނީ ކޮވިޑަ-19 އަށް ޕޮޒިޓިވްވެފައެވެ. އެއީ އޭގެ ކުރީގެ ދެ ހަފްތާއާ އަޅާބަލާއިރު ވަރަށްބޮޑު ދަށްވުމެކެވެ. އޭގެ ކުރީގެ ދެ ހަފްތާގައިި ބަލިޖެހުނު މީހުންގެ އަދަދު އެއްހާރަށްވުރެ މައްޗެކެވެ.

ފަހުގެ މައުލޫމާތު ބުނާގޮތުގައި މާލެ ސަރަޙައްދުން ޕޮޒިިވްވެފައިވަނީ 192 މީހެވެ. އަތޮޅުތަކުން 304 މީހަކު ވަނީ ޕޮޒިޓިވް ވެފައެވެ. އެހެނިހެން ސަރަޙައްދުތަކުން ޕޮޒިޓިވްވީ 275 މީހެވެ. މީގެ ކުރިންއެބަަލި ޖެހިގެން އެޑްމިޓް ކުރަންޖެެހުނު މީހުންގެ އަދަދު އިތުރުވިޔަސް މިހާރުވަނީ އަދަދު މަދުވާން ފަށައިފައެވެ. މިބައްޔަށް މިހާތަނަށް ރާއްޖެއިން ޕޮޒިޓިވްވެފައިވަނީ 183491 މީހެކެވެ. މިބަލީގައި 307 މީހަކު ވަނީ މިބަލީގައި ނިޔާވެފައެވެ. ބަލީން ރައްކާތެރިވުމަށް ބޭރުުގައި އުޅޭއިރު މާސްކު އެޅުމަށް ވެސް އެޗުޕީއޭއިން ވަނީ އަަންގައިފިިއެވެ.