ރާއްޖެއަށް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް މޫސުމާއިބެހޭ ގައުމީ އިދާރާ އިން މުޅި ރާއްޖެއަށް ހުދު ސަމާލު ނުވަތަ ވައިޓް އެލާޓް ނެރެފިއެވެ.

މޫސުމާބެހޭ ގައުމީ އިދާރާއިން މިއަދު ހުދުސަމާލު ނެރެފއިވަނީ ހއ. އަތޮޅުން ފެށިގެން އެންމެ ދެކުނުން އައްޑު އަތޮޅާ ހަމައަށެވެ. މިއަދު ހެނދުނު 11 އިން ފެށިގެން ހަވީރު 5 ޖެހުމާ މި ސަމާލު ދެމިއޮންނާނެއެވެ. އެވަގުތުގައި މުޅިރާއްޖެއަށް ބޯކޮށް ވާރޭވެހި ގުގުރުމާއެކު ވިލާގަނޑުގައި 45 މޭލަށް ވައި ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށް އެ އިދާރާއިން ބުނެފައިވެއެވެ.