ފިހާރައަކުން ވައްކަން ކުރާކަމަށް ޖުލައި 19 ވަނަ ދުވަހުގެ ފަތިހު ފުުލުހުންނަށް ރިޕޯޓުުކުރުމާގުޅިގެން ގަލޮޅު ޕޮލިސްޓޭޝަނުން އެސަރަހައްދަށް ދިޔަ އިރު، ފިހާރައިގެ ބިއްލޫރިގަނޑު ތަޅައިލަިގެން ވައްކަން ކުރަން ހުރި ބިދޭސީ އަކު ހައްޔަރު ކުރިކަމަށް މޯލްޑިވް ޕޮލިސް ސާވިސް އިން މިއަދު ހާމަކޮށްފިއެވެ.

ބުރުޒުމަގުގައި ހުރި މި ފިހާރައިން ވައްކަން ކުރަން ހުރީ 24 އަހަރުގެ ބިދޭސީ ފިރިހެނެއް ކަމުގައި ފުލުހުން ހާމަކުރިއެވެ. އަދި އޭނާ ހައްޔަރުކޮށް ބަލާ ފާސްކުރިއިރު އެ ފިހާރައިން 1800 އަށްވުރެ ގިނަ ފައިސާއާއި ޑޮލަރުތަކެއް ފެނިފައި ވެއެވެ.

މި ވައްކަންކުރި މީހާގެ ބަންދަން ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން، މިނިސްޓްރީއޮފް ހޯމްއެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް 15 ދުވަހުގެ މުއްދަތެއް ދީފައިވާ ކަމަށް ފުލުސް އޮފީހުން ހާމަކުރި އެވެ.

މީގެ އިތުރަށް ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީން ވައްކަން ކުރިކަމުގެ ރެޕޯޓު ކުރުމުން އެ އޮތޯރެޓީން ވަގަށް ނަގާފައިވާ ތަކެި ހޯދުމަށްވެސް ގަލޮޅު ޕޮލިސްޓޭޝަނުން ޚާއްޞަ މަސައްކަތްތަކެއް ކޮށް، 8 ލެޕްޓޮޕް އާއި ދެ އައި ފޯނާއި އަދި އެހެނިހެން ތަކެތިވެސް ހޯދާފައި ވެއެވެ.

މި މައްސަލައާޢި ގުޅިގެން އަދި މިހާތަނަށް މީހަކު ހައްޔަރުކޮށްފައި ނުވާކަމަށް ފުލުހުން މަލުމާތު ދިނެވެ.