މި ދުވަސްވަރަކީ މޫސުން ގޯސްވެ، ކަނޑުތައްވެސް ގަދަ ދުވަސްވަރަކަށް ވުމާއެކު ދަތުރު ފަތުރުކުރުމުގައި ސަލާމަތާއި ރައްކާތެރިކަނ ްކަށަވަރު ކުރުމަށް މާލްޑިވްސް ޕޮލިސް ސާވިސްއައި އަންގަވައިފިއެވެ.

ދަތުރުފަތުރުކުރުމުގައި ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރު ކުރުމަށްޓަކައި ކަނޑުދަތުރުކުރުމުގެ ގާނޫނާއި ގަވާއިދުތަކާއި އެއްގޮތަށް ޢަމަލް ކުރުމަށް ފުލުހުން ޢިލްތިމާސް ކުރެއެވެ.

މި ދުވަސްވަރަކީ ޗުއްޓީގެ ދުވަސްވަރަށް ވުމުން އެއްރަށުން އަނެއް ރަށަށް ދަތުރު ކުރުމާއި ދަތުރު ދިއުން ފަދަ ކަންތައް ގިނަވާނެ ކަމަށް ފުލުހުން ހާމަކުރެއެވެ. އެހެންނަމަވެސް ދަތުރަށް ފެށުމުގެ ކުރިން ތިމާއާއި އަނެކުންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ހަނދާން ކޮށްދެއެވެ.

ދަތުރަށް ފުރުމުގެ ކުރިން އުޅަނދުގައި މުވާސިލާތީ ވަސީލަތްތައް ފުރިހަމަތޯ ބަލަން ޖެހެއެވެ. އަދި ލައިފު ޖެކެޓް ހުރިތޯއާއި އެއީ ބޭނުންކުރެވޭ ހާލަތެއްގައި ހުރި ތަކެތި ތޯ ބަލަން ޖެހެއެވެ. އަދި ދަތުރުކުރާ އުޅަނދަށް އެކަށީގެންވާ މިންވަރަށްވުރެ އިތުރަށް މީހުން ނޭރުވުމަށްވެސް ފުލުހުން ޢިލްތިމާސް ކުރެއެވެ.

ކަނޑުދަތުރުކުރާ އުޅަނދުތަކުގެ ސަލާމަތާއި ރައްކާތެރިކަން ކަށަރަވަރު ކުރުަމށް އުޅަނދުތައް ބަލައި ފާސްކުރުމާއި މައުލޫމާތު ދިނުމުގެ ޕްރޮފުރާމުތައް ފުލުހުން ހިމްގައެވެ. އެހެންނަމަވެސް މި އުޅަނދުފަހަރުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަކީ އުޅަނދު ދުއްވާ ފަރާތްތަކުންވެސް ޚާއްޞަަ ސަމާލުކަމެއް ދޭންޖެހޭކަމެއްކަމަށް ފުލުހުން ހަނދާން ކޮށްދެއެވެ.