އިންޑިއާއާއި ނޭޕާލް ގުޅިގެން ނޭޕާލްގެ ރެއިލްވޭ އަޕްގްރޭޑް ކުރުމުގެ މަޝްރޫއުގެ ދަށުން ބްރޯޑް ގޭޖް ރޭލްގެ މަޝްރޫއު ފަށައިފިއެވެ. މި ބްރޯޑް ގޭޖްގައި ބޭނުންކުރާ އިންޖީނު ތަކާއި ބޫގީތަކަކީ އިންޑިއާއިން އުފައްދާފައިވާ ތަކެއްޗެވެ.
ކުރިން ނޭޕާލުން ބޭނުން ކުރި ނެރޯ ގޭޖް ރޭލްވޭ ހުއްޓާލާފައި އޮންނަތާ ހަ އަހަރު ވެއްޖެއެވެ.
މިއީ ވަށައިގެން ބެދިފައިވާ ނޭޕާލަށް، އިންޑިއާ މަގުން މުދާ ވެއްދުމަށާއި މީހުންގެ ހަރަކާތްތައް ފަސޭހަކުރުމަށް އެޅިގެން ދިޔަ މުހިންމު ފިޔަވަޅެކެވެ.
މިހާރު އަޅަމުންދާ ރޭލްވޭގެ ބައިތައް އަޅައި ނިމުމުން، ފުރަތަމަ ފަހަރަށް އިންޑިއާއާއި ނޭޕާލް ރޭލް ދަތުރުން ގުޅުވާ ލެވޭނެއެވެ.
ނޭޕާލްގައި ބޭނުންކުރާ ރޭލް އިންޖީނުތައް އުފައްދައި ސަޕްލައި ކޮށްފައިވަނީ ކޮންކަން ރެއިލްވޭ އިންނެވެ. އެކުންފުނިން ވަނީ ދެފަރާތް ދެމެދުމި ދިޔަ އަހަރު ސޮއިކޮށްފައިވާ އެއްބަސްވުމުގެ ދަށުން 16000 ހޯސް ޕަވަރުގެ ދެ އިންޖީން ސަޕްލައި ކޮށްދީފައެވެ. މިއިންޖީނުތަކުގައި ޑީސަލްއާއި ކަރަންޓުންވެސް ބޭނުން ކުރެވޭނެއެވެ.
މި ދެ ރޭލުން ކުރެ ކޮންމެ ރޭލެއްގައި ފަސް ބައި ހިމެނޭނެއެވެ. އިން އެއް ބަޔަކީ، އޭސީ ކޮށްފައިވާ ބައެކެވެ. އަންދާސާ ކޮށްފައިވާ ގޮތުގައި މީގައި އެއްފަހަރާ 1300 މީހުން ދަތުރުކުރެވޭނެއެވެ.
މި ރެއިލްވޭގެ މަސައްކަތް ފަށާނީ ނޭޕާލްގައި އޮންނަ ފެސްޓިވަލަކަށް ފަހުއެވެ.
އިންޑިއާ ނޭޕާލް ރެއިލްވޭ ޑިވެލޮޕްމެންޓް ޕާޓްނާޝިޕްގެ ދަށުން އިންޑިއާއިން ވަނީ މި ޕްރޮޖެކްޓަށް ފަންޑްކޮށްފައެވެ. އަދި އިތުރު ފަންސާސް ކިލޯމީޓަރުގެ ރޭލްވޭ މަގުވެސް ހެދުމުގެ މަސައްކަތްވެސް ހިނގަމުން އެބަދެއެވެ.
އިންޑިއާއިން ގެންދަނީ ނޭޕާލްގައި މާސިންގާ ހައިޑްރޯ ޑޭމެއްވެސް ބިނާ ކުރަމުންނެވެ. މި ޑޭމްގެ މަސައްކަތް ނިމުމަށްފަހު ނޭޕާލުން ކަރަންޓް އެކްސް ޕޯޓްކުރާނެ ކަމަށް ލަފާ ކުރެވެއެވެ.