ބޭނުންވާ ތަކެތި

2 ޖޯޑް ބަތް (ބާސްމަތީ ހަނޑޫ)

3 މޭޒުމަތީ ސަމުސާ ގިތެޔޮ / ތެޔޮ

6 ލޮނުމެދު

4 ތޮޅި މިރުސް

1 މޭޒުމަތީ ސަމުސާ ވިނިގާ/ ލުނބޯ ފަޅިއެއްގެ ހުތް

ކޮރިއަންޑާ ލީވްސް ކޮޅެއް

ތައްޔާރުކުރާނެ ގޮތް

ފުރަތަމަ ތެއްޔަކަށް ގިތެޔޮ އެޅުމަށްފަހު ހޫނު ކޮށްލާށެވެ. ދެން ލޮނުމެދުތައް ކުދިކޮށް ކޮށުމަށް ފަހު ތެޔޮ ފޮދު ހޫނުވުމުން އެއަށް އަޅާށެވެ. އެއަށްފަހު މަޑުގިނި މަތީ ބަހައްޓައިގެން ލޮނުމެދުކޮޅު ހަނާކޮށްލާށެވެ. ދެން ތޮޅިމިރުސްކޮޅު ކުދިކޮށް ކޮށާލާފައި އެއްކޮށްލާށެވެ. އެއަށްފަހު ބަތްކޮޅުވެސް އަޅައި އެއްކޮށްލާށެވެ. ރަނގަޅަށް އެއްކޮށްލުމަށްފަހު ކޮރިއަންޑާ ލީފް ކޮޅު އަޅާށެވެ. ދެން އުނދުން ނިވާލުމަށްފަހު ވިނިގާ އަޅާ އެއްކޮށްލާށެވެ. ވިނިގާ ނެތްނަމަ، ލުނބޯ ހުތް ކިބައެއް ޖަހާށެވެ.