ތ. ވަންދޫ އަންހެނުންގެ ކޮމިޓީގެ ބައި އިލެކްޝަނާއި އައްޑޫ ސިޓީ ހިތަދޫ އަންހެނުންގެ ކޮމިޓީގެ ބައި އިލެކްޝަން އިިއްޔެ ބާއްވައިފިއެވެ. އޭގެތެރެއިން އައްޑޫ ސިޓީގައި ބޭއްވި އިންތިޚާބުގައި ވޯޓު ލުމުގެ ހައްގު ލިބިފައިވާ 12،099 މީހުން ތިއްބެވެ.

އެހެންނަމަވެސް އޭގެތެރެއިިން ވޯޓު ލާފައިވަނީ އެންމެ 1،009 މީހުންނެވެ. އެއީ 8.34 ޕަސެންޓެވެ. އެ އަދަދަށް ވޯޓުލުމުން އިލެކްޝަންސް ކޮމިޝަންގެ ނާއިބު ރައީސް އިސްމާއީލް ހަބީބް ވިދާޅުވެފައިވަނީ އެއީ ބޮޑު އިސްރާފެއް ކަމަށެވެ. މިއިންތިޚާބަށް ލައްކައިން ވަނީ ޚަރަދުކޮށްފައެވެ. އެހެންކަމުން މިފަދަ ކަންކަން އިސްލާހު ކުރަންޖެހޭ ކަމަށް ހަބީީބުވަނީ ވިދާޅުވެފައެވެ.

ތ. ވަންދޫ އަންހެނުންގެ ކޮމިޓީގެ ބައި އިލެކްޝަން ކާމިޔާބުކުރާ އެމްއެންޕީއެވެ. އައްޑޫ ސިޓީ ހިތަދޫ އަންހެނުންގެ ކޮމިޓީގެ ބައިއިލެކްޝަން ކާމިޔާބުކުރާ ޕީޕީއެމްއެވެ.