ފުވައްމުލައްސިޓީގެ އެތެރޭގެ މަގުތައް ހެދުމުގެ މަޝްރޫޢުގެ މަސައްކަތް ބާރަށްކުރިއަށްދާ ކަމަށް އެމްޓީސީސީން ބުނެފިއެވެ. އެކުންފުނީން ބުނެފައިވަނީ އެ މަސައްކަތުގެ 75 އިންސައްތަ މިހާރު ނިމިފައިވާ ކަމަށެވެ. އޭގެ އިތުރުން މަގުތަކުގައި އޭބީސީ ފަށަލަ އެޅުމުގެ މަސައްކަތް 23 ޖުލައި 2022 ވަނަ ދުވަހު ވަނީ ފެށިފައި ކަމަށް ވެސް ބުނެފައިވެއެވެ.

މި މަސައްކަތާއެކު ފެންހިންދާ ނިޒާމް ޤާއިމްކުރުމުގެ މަސައްކަތް ވެސް ދަނީ ކުރިއަށެވެ. މި މަޝްރޫޢުގެ ދަށުން، 122,659 އަކަ މީޓަރުގެ ސަރަޙައްދެއްގައި ސަބްބޭސް އެޅުމާއި، 95،239 އަކަ މީޓަރުގެ ސަރަހައްދެއްގައި ތާރު އެޅުމާއި، 27،450 އަކަ މީޓަރުގެ ފުޓްޕާތް ހެދުމާއި، މަގުމަތީ ނިޝާން ހަރުކުރުމާއި، މަގުބައްތި ހަރުކުރުމާއި، 19،940 މީޓަރުގެ ފެންހިންދާ ނިޒާމެއް ޤާއިމުކުރުމުގެ މަސައްކަތް ހިމެނެއެވެ. މި މަޝްރޫޢަކީ 331.05 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.