ނ. އަތޮޅު ވެލިދޫ ދޯނި އެހެލާ ސަރަހައްދު ހެދުމުގެ މަޝްރޫޢުގެ ދަށުން ކުރިއަށްދާ ބިން ހިއްކުމުގެ މަސައްކަތުގެ 98 ޕަސެންޓް މަސައްކަތް ފުރިހަމަކޮށްފި ކަމަށް އެމްޓީސީސީން ބުނެފިއެވެ. މިމަޝްރޫޢުގެ ދަށުން ކުރިއަށްދާ ރިވެޓްމެންޓް ޖެހުމުގެ 83 އިންސައްތަ މަސައްކަތްވެސް މިހާރު ނިމިފައެވެ.

މި މަޝްރޫޢުގެ ދަށުން، 3.48 ހެކްޓަރުގެ ސަރަޙައްދެއްގެ ބިން ހިއްކުމާއި، 255 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމުގެ މަސައްކަތް ހިމެނެެެވެ. 2021 ވަނަ އަހަރު އެމްޓީީސީސީ އާއި ހަވާލުކުރެވުނު މިމަޝްރޫޢަކީ 18.25 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.

މިއީ ޕްލޭނިންގ މިނިސްޓްރީން އެމްޓީސީސީ އާއި ހަވާލުކޮށްގެން ކުރިއަށްދާ ތަރައްގީގެ މަޝްރޫޢުއެކެވެ.