ރާއްޖެއަށްވެސް މަކުނުވިދުރި ނުވަތަ މަންކީޕޮކްސް ބަލި އައުމުގެ ފުރުސަތު އެބައޮތް ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންޑީ (އެޗްޕީއޭ) އިން ބުނެފިއެވެ.

މި ބަލީގެ ސަބަބުން ޑަބްލިޔުއެޗުއޯއިން ވަނީ މުޅި ދުނިޔޭގައި އިމަޖެންސީ އިއުލާނު ކޮށްފައެވެ. އެއާގުޅިގެން އެޗްޕީއޭއިން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ، ދުނިޔޭގައި މިބަލި ފެތުރެމުންދާ ގޮތް މޮނިޓަރކޮށް ބަލަމުންދާ ކަމަށެވެ. ރާއްޖޭގައި ބަލި ފެތުރިދާނޭތީ ވާންޖެހޭ ތައްޔާރީތައް މިހާރުވަމުންދާ ކަމަށް ވެެސް ބުނެފައިވެއެވެ.

މިއީ ކޮވިޑާ އަޅާބަލާއިރު ގައިގޯޅިކޮށް އެކުގައި އުޅޭ މީހުންގެ މެދުގައި ފެތުރޭ ބައެއްޔެކަށް ބެލެވިފައިވާ ކަމަށް އެޗުޕީއޭއިން ބުނެފައިވެއެވެ. މިބަލީގެ އަލާމާތެއް ފެނިއްޖެނަމަ އެހެން މީހުންނާ ގައިގޯޅިނުވެ ދުރުގައި އުޅުމަށާއި ސިއްހީ އެހީތެރިއަކަށް ވީހާވެސް އަވަހަށް ދެއްކުމަށް އެޗުޕީއޭއިން އެދިފައިވެއެވެ.

މިބަލި ބޮޑަށް ފެތުރިފައިވަނީ އެއްޖިންސުން ގުޅުން ހިންގާ ފިރިހެނުންގެ މެދުގައި ކަމަށް މިހާތަަނަށް ވަނީ އެނގިފައެވެ. މިބަލި އަންހެނުންނާއި ކުޑަކުދިިންގެ މެދުގައި ވެސް މަދުންނަމަވެސް ފެތުރިފައިވެއެވެ. އެޗުޕީއޭއިން ގެންދަނީ މި ބައްޔަށް ޓެސްްޓުކުރެވޭނޭ ގޮތްވެސް ހަމަޖައްސަވަމުންނެވެ.