އެސްޓީއޯއާއި ޖީ.އީ ހެލްތް ކެއަރއާއި ގުޅިގެން "ޑިޕްލޮމާ އިން ރޭޑިއޯގްރަފީ" ކޯހެއް ފެށުމަށް ހަމަޖެހިއްޖެއެވެ. އެ ކޯސް ފެށުމުގެ އެއްބަސްވުމުގައި މިހާރުވަނީ ސޮއިވެސް ކޮށްފައެވެ.

މިއީ ދަރިވަރުންނަށް 2 އަހަރު ދުވަހުގެ ކިޔެވުމާއިއެކު 6 މަސް ދުވަހުވަހުގެ އަމަލީ ތަޖުރިބާ ލިބިގެންދާނެ ކޯހެކެވެ. އެސްޓީއޯގެ މި ޚާއްސަ ސްކޮލަރޝިޕްގައި ބައިވެރިވެ ތަމްރީނުވުމަށް ހުޅުވާފައިވާ ރަނުގެ ފުރުސަތު ނަގައި ނުލުމަށް ވެސް އެސްޓީއޯއިން އެދެއެވެ.

މި ކޯސް ހަދާ ދަރިވަރުންނަށް އޭޑީކޭ ހޮސްޕިޓަލުން އިންޓާންޝިޕް ފުރުޞަތު ފަހިކޮށްދިނުމުގެ އެއްބަސްވުމެއްގައި ވެސް ވަނީ ސޮއިކޮށްފައެވެ.

އެސްޓީއޯގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ އެކުންފުނީގެ ޖެނެރަލް މެނޭޖަރ މަރިޔަމް ނުޒްލާއެވެ. އަދި އޭ.ޑީ.ކޭ ހޮސްޕިޓަލުގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު އައްފާލެވެ.

ރޭޑިއޯގްރަފީއަކީ ރޭޑިއޭޝަން މެދުވެރިކޮށް އެތެރެހަށީގެ ހުނަވަންތަކުގެ ފޮޓޯ ނެގުމުގެ ހުނަރެެވެ. ރޭޑިއޯގްރާފަރުންނަކީ އެކްސްރޭއާއި އަލްޓްރާސައުންޑު ސްކޭނާއި އެމްއާރުއައިއާއި މެމޯގްރާފް ނެގުމުގެ ސިއްހާ ޚިދުމަތްފޯރުކޮށްދޭ މީހުންނެވެ.