ރާއްޖޭގެ އެންމެ ދެކުނުގެ ދެ ސިޓީކަމަށްވާ އައްޑޫސިޓީއަށާއި ފުވައްމުލައް ސިޓީއަށް ވައިޓް އެލާޓް ނެރެފިއެވެ. ރާއްޖޭގެ މޫސުމާބެހޭ އޮފީހުން ބުނެފައިވަނީ އެ ދެސީޓިއަށް ވައިޓްް އެލާޓް ނުވަަތަ ހުދުސަމާލު ނެރުނީ ބޯކޮށް ވާރޭވެހުމާއެކު ގުގުރާނޭ ކަމަށް ލަފާކޮށްފައި ކަމަށެެވެ. އަދި ވިލާގަނޑުގައި ގަނޑިއަކު 40 މޭލަށްވައިގަދަވާނޭ ކަމަށްވެސް ލަފާ ކޮށްފައިވެއެވެ.

މިއެލާޓްގެ މުއްދަތު ހަމަވާނީ މިއަދު ހަވީރު 5:00 އަށެވެ.

ޖުލައިގައި ދެކުނާއި މެދުރާއްޖެތެރޭގެ ބައެއްއަތޮޅުތަކަށް ވެހޭ ވާރޭ އާންމުކޮށް ވެހޭވަރަށްވުރެ އިތުރުވުން އެކަށީގެންވާ ކަމަށް މޫސުމާބެެހޭ އޮފީހުން ބުނެފައިވެއެވެ. އަދި އެހެން އަތޮޅުތަކަށް އާންމުކޮށް ވެހޭވަރަށް ވާރޭވެހޭނެ ކަމަށް ބެލެވޭ ކަމަށް ވެސް ބުނެފައިވެއެވެ. މިދުވަސްވަރު ފިނިހޫނުމިން އާންމު މިންގަނޑަށްވުރެ ތަންކޮޅެއް މަތި ވާނެ ކަމަށްވެސް އެއޮފީހުން ލަފާކުރެެއެވެ.