ޕާކިސްތާނުގެ މަރުކަޒީ ބޭންކް، ސްޓޭޓް ބޭންކް އޮފް ޕާކިސްތާން (އެސްބީޕީ) އިން ސަރުކާރަށް ނުތަނަވަސްކަމުގެ މެސެޖެއް ފޮނުވައިފިއެވެ. ސްޓޭޓް ބެންކު އޮފް ޕާކިސްތާނުން އެހީއަށް އެދި މި ގޮވާލާފައި ވަނީ ފޮރިން އެކްސްޗޭންޖް ރިޒާވް ދަށަށް ދިއުމުގެ ސަބަބުން އެ ގައުމަށް މުދާ އެތެރެކުރުމުގެ ގާބިލްކަމަށް ނޭދެވޭ އަސަރުތަކެއް ކުރަމުންދާ ކަމަށް ބުނެ އެވެ.
ޕާކިސްތާނުގެ ބޭރު ފައިސާގެ ރިޒާވް ވަނީ 17 ޖޫން 2022 ގައި 8.24 ބިލިއަން ޑޮލަރަށް ވެއްޓިފައި ކަމަށް ޔޫރަޕިއަން ޓައިމްސް އިން ނެރުނު ރިޕޯޓެއްގައި ބުނެފައިވެ އެވެ.ދަރަނި ދެއްކުމާއި އެހެނިހެން ޕޭމަންޓްތަކަށް އަވަސް މުސްތަގުބަލެއްގައި ޕްރެޝަރު ބޮޑުވުމުން މި ޓްރެންޑް އިތުރަށް ކުރިއަށް ދާނެ ކަމަށް ބެލެވެއެވެ. އަދި ފޮރެކްސް ރިޒާވް ދަށްވަމުންދާ ދިއުން ހިފެހެއްޓުމަށް، ސްޓޭޓް ބެންކު އޮފް ޕާކިސްތާނުން އެދިފައި ވަނީ ޒަރޫރީ ނޫން ހުރިހާ މުދަލެއް އެތެރެކުރުން ވަގުތީ ގޮތުން މަނާކުރުމަށެވެ. ނަމަވެސް، މިއަދު އޮތް އެންމެ ބޮޑު ގޮންޖެހުމަކީ، ޕާކިސްތާނުގެ ހަކަތައިގެ ސަލާމަތަށް އަސަރުކުރާ ތެލުގެ އިމްޕޯޓް އިތުރުވުމުގެ ސަބަބުން ބޭރު ފައިސާއަށް ކުރިމަތިވެދާނެ ނުރައްކަލެވެ. ދުރު ރާސްތާގައި، ޕާކިސްތާނަށް ސްރީލަންކާއަށް ދިމާވި ގޮތް ދިމާވެގެން ދިއުމުގެ ނުރައްކާ ވަރަށް ބޮޑު، އެހެންކަމުން، ހުރިހާ ކަމެއް ވެސް އޮތީ ވަރަށް ހަގީގީ ގޮތަކަށްކަމަށް ޔޫރަޕިއަން ޓައިމްސްގެ ރިޕޯޓުގައި އިތުރަށް ބުނެފައިވެ އެވެ.ޕާކިސްތާނުގެ މިހާރުގެ އިގުތިސޯދީ އިންޑެކްސްތައް ހުރީ ވަރަށް ފަގީރުކޮށެވެ. ޔޫއެންޑީޕީން ބުނާ ގޮތުގައި ޕާކިސްތާނަށް 250 ބިލިއަން ޑޮލަރަށް ވުރެ ބޮޑު ދަރަންޏަކާ ކުރިމަތިލާން ޖެހިފައިވެއެވެ. ޔޫއެންޑީޕީގެ ވެރިޔާ އާޗިމް ސްޓެއިނަރ ވިދާޅުވީ، އިގްތިސާދީ ކާރިސާގެ ސަބަބުން އެތައް މިލިއަން ބަޔަކު ފަޤީރުކަމާއި ބަނޑުހައިހޫނުކަމުގެ ތެރެއަށް ހުށަހެޅިފައިވާ ކަމަށާއި، ހަމަ އެއާއެކު، އިޖްތިމާޢީ ހަމަނުޖެހުންތައް އިތުރުވުމުގެ ބިރު، ދުވަހެއް ދުވަހަކަށް އިތުރުވަމުންދާ ކަމަށެވެ.މިހާރު މި ވާހަކަތައް ފެންމަތިވީ ޕާކިސްތާނުގެ އިގުތިސޯދީ މައްސަލަތައް އިންތިހާއަށް ބޮޑުވެފައިވާ ދަނޑިވަޅެއްގަ އެވެ. އިންޓަރބޭންކް މާކެޓުގައި ޑޮލަރުގެ ނިސްބަތުން ޕާކިސްތާން ރުޕީސްގެ އަގު 240.5 އަށް ވެއްޓުމާއެކު، ޕާކސްތާން ރުޕީސްގެ އަގު ވަނީ ރެކޯޑް މިންވަރަކަށް ދަށަށް ގޮސްފައެވެ. ޑޯން ނޫހުން ފޮރެކްސް އެސޯސިއޭޝަން އޮފް ޕާކިސްތާން (އެފްއޭޕީ) އާ ހަވާލާދީ ރިޕޯޓްކޮށްފައިވާ ގޮތުގައި ރޭ 12:03 އާ ހަމައަށް ޕާކިސްތާނުގެ ފައިސާގެ އަގު 236.02 ގައި ހުރިއިރު، ޕާކިސްތާނުގެ ފައިސާގެ އަގު ވަނީ 1.89 ޕަސަންޓް ދަށަށް ގޮސްފަ އެވެ.2022 ވަނަ އަހަރު ފެށުނު ފަހުން ރުޕީސްގެ އަގު 30 ޕަސަންޓަށް ވެއްޓިފައިވާ ކަމަށް ޕާކިސްތާނުގެ ފޮރިން އެކްސްޗޭންޖް އެސޯސިއޭޝަނުން ބުނެފި އެވެ.