ރާއްޖޭގެ 4 އަތޮޅެއ ހިމެނޭ ގޮތަށް މޫސުމާ ބެހޭ އޮފީހުން ހުދުސަމާލު ނެރެފިިއެވެ. ހުދުސަމާލު ނެރެފައިވަނީ ހއ. އަތޮޅުން ފެށިގެން މ. އަށް އަދި ގއ.އިން ފެށިގެން އައްޑުއަށްށެވެ. ހުދުސަމާލު ނެރެފައިވަނީ މިއަދު ހަވީރު 6:00 އިން ފެށިގެން މިރޭ 12:00 އާ ހަމައަށެވެ. މިސަރަހައްދުތަކަށް ހުދު ސަމާލު ނެރުނީ ބޯކޮށްވާރޭވެހުމާއެކު ގުގުރުމާއި ވިލާގަނޑުގައި ގަޑިއަކު 40 މޭލަަށް ވައިގަދަވާނޭތީ ކަމަށް މެޓު އޮފީހުން ބުނެފައިވެެއެވެ.

މޫސުމާބެހޭ އޮފީހުން ބުނެފައިވަނީ މިއަހަރުގެެ ޖޫން، ޖުލައި، އޮގަސްޓް އަދި ސެޕްޓެމްބަރު ގައި ވާރޭ ވެހޭ މިންވަރު ގިނަ ހިސާބަކަށް މިދުވަސްވަރު އާންމުކޮށް ވެހޭ ވަރަށްވުރެ އިތުރު ވާނެކަމަށް ބެލެވޭ ކަަމަށެވެ.

މިދުވަސްވަރު ރާއްޖެސަރަހައްދުގައި ފިނިހޫނުމިންއެންމެ މައްޗަށްދާވަރު، ދެކުނާއި މެދުރާއްޖެތެރޭ ބައެއް ހިސާބުތަކުގައި އާންމު މިންގަޑުގައި ހުންނާނެ ކަމަށް ލަފާކުރެވޭ ކަމަށާއި އެހެން ހިސާބުތަކުގައި ކުޑަތަންކޮޅެއް ދަށް ވާނެކަމަށް ބެލެވޭ ކަމަށް ވެސް މެޓުއޮފީހުން ބުނެފައިވެއެވެ.

ފިހިހޫނުމިން އެންމެ ދަށްވެގެންދާވަރު ދެކުނާއި މެދުރާއްޖެތެރޭ ބައެއް ހިސާބުތަކުގައި އާންމު މިންގަޑުގައި ހުންނާނެ ކަމަށް ލަފާކުރެވޭ ކަމަށާއި އެހެން ހިސާބުތަކުގައި ކުޑަތަންކޮޅެއް ދަށް ވާނެކަމަށް ބެލެވޭ ކަމަށް ވެސް ބުނެފަައިވެއެވެ.