އަައިޖީއެމްއެޗުގެ ނަރުހުން އެކި ވޯޑުތަކަށް ބަދަލު ކުރުމާއި ނަރުހުން ހުށަހަޅާފައިވާ ޕެޓިޝަނާ އެއްވެސް ގުޅުމެއްނުވާ ކަމަށް އެ ހޮސްޕިޓަލުން ބުނެފިއެވެ. އެ ޕެޓިޝަަނަކީ އެތަނުގެ އިިމަޖެންސީ ޑިޕާޓުމެންޓުގައި މަސައްކަތްކުރާ ނަރުހުން ހުށަހެޅި ޕެޓިޝަނެކެވެ.
އައިޖީއެމްއެޗުން މިއަދު އާންމު ކޮށްފައިވާ ބަޔާނެެއްގައި ބުނެފައިވަނީ ބަޔާން ނެރުނީ ނަރުހުން އެއްޑިޕާޓުމެންޓުން އަނެއް ޑިޕާޓުމެންޓަށް ބަދަލު ކުރުމާ. އެޕިޓިޝަނާ ގުޅުވައިގެން މީޑިއާގައި ހަގީގަތާ ޚިލާފު ވާހަކަ ފަތުރަމުންދާތީ ރައްޔިތުންނަށް ހަގީގަތް އޮޅުން ފިލުވައި ދިނުމަށްކަމަށެވެ. އެ ޕެޓިޝަނުގައި ސޮއިކުރި ނަރުހުންނާމެދު އެކި ފިޔަވަޅު އަޅަަމުންދާ ކަމަށް ބުނެފަތުރަމުންދާ ވާހަކަތައް ވެސް އައިޖީއެމްއެޗުން ވަނީ ދޮގުކޮށްފައެވެ. އެފަދަ ނަރުހުން އެކި ޑިޕާޓުމަންޓުތަކަށް ބަަދަލު ކުރުމަށް ނިންމާފައިވާ ވާހަކަ ވެސް އައިޖީއެމްއެޗުން ވަނީ ދޮގުކޮށްފައެވެ.
"އެ ޕެޓިޝަނާ ގުޅިގެން ދިވެހި ސިވިލްސާވިސްގެ ގަވާއިދުގައިވާ ފަދައިން އެ މައްސަލަ ތަހުގީގުކޮށް ފުރިހަަަމަކުރަންޖެހޭ އިޖުރާތްތައް ފުރިހަމަކުރަމުންދާކަމުގައި މިފުރުސަތުގައި ފާހަގަކޮށްލަމެވެ.