އައްޑޫސިޓީން މިއަދު ސީލެއް ފެނިއްޖެއެވެ. އެ ސިޓީން ވާހަކަ ދެއްކި މީހަކު ބުނީ ސީލް ފެނިިފައިވަނީ ހިތަދޫ އިޖުތިމާއި ސަރަހައްދެއް ކަމަށްވާ ކަނބިހާ ބީޗުން ކަމަށެވެ.

މީގެ ކުރިން ވެސް އައްޑޫއިން ވަަނީ ސީލެއް ފެނިފައެވެ. އެއީީ 2006 ވަނަ އަހަރުއެވެ. ކަނބިހާ ބީޗުން ސީލް ފެނުމުން ގިނަ އަދަދެއްގެ އާންމުން އެ ބަލަން އެއްވިއެވެ. އޭގެ އިތުރަށް ސިފައިންނާއި ފުލުހުން ވެސް އެވަގުތު އެސަރަހައްދުގައި ހަރަކާތްތެރިވިއެވެ. މި ސީލްގައި 4 ވަރަކަށް ފޫޓު ހުންނާނޭ ކަމަށް ބެލެވެއެވެ.

ކަނބިހާ ބީޗަކީ އެ ސިޓީގެ މީހުން ޕިކްނިިކް ދިޔުމާއި މޫދަށް އެރި އުޅުމަށް ހަދާފައިވާ ތަނެކެވެ.