އަންނަ އަހަރު ރާއްޖޭގައި ބާއްވާ ރިޔާސީ އިންތިޚާބުގައިި ރައްޔިތުން އުފަލާއެކު އިންތިޚާބުކުރާނޭ ރައީސަކީ، ކުރީގެ ރައީސުލް ޖުމްހޫރިއްޔާ އަދި ޕީޕީއެމްގެ ލީޑަރ ޢަބްދުﷲ ޔާމީން އަބްދުލްގައްޔޫމު ކަމަށް އެމަނިކުފާނުގެ ފުރަތަމަ ނާއިބު ރައީސް ޑރ. މުޙައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެއެވެ.

ރައީސް ޔާމީންގެ ވެރިކަމުގައި ވަނީ ވަރަށް ބޮޑު ތަފާތެއް ރައްޔިތުންނަށް ފެނިފައި ކަމަށް ވެސް ޑރ. ޖަމީލް ކުރައްވާފައިވާ ޓުވީޓެއްގައި ވިދާޅުވެފައިވެއެވެ. "މިނިވަންކަން ވިއްކާނުލާނެކަން. ދީނުގައި ހިފަހައްޓަވާނެކަން. ވިޝަނަރީ ތަރައްޤީ ސާބިތުކޮށްދެއްވައިފި. ރައީސް ޔާމީނަކީ 2023ގައި ރައްޔިތުން އުފަލާއެކު އިންތިޚާބުކުރާނެ ހަަމައެކަނި ޗޮއިސްކަން ޔަޤީން. ހޫނު މަރުޙަބާއެއް،" ޖަމީލް ވިދާޅުވެފައިވެއެވެ.

ޕީޕީއެމުން މިހާރުވަނީ އެޕާޓީގެ ރިޔާސީ ކެންޑިޑޭޓަކީ ރައީސް ޔާމީން ކަމަށް ކަނޑައަޅައިފައެވެ.