ކަނޑުތައް ވަރަށްގަދަވޭނޭ ކަމަށް ލަފާކޮށް ހއ. އިން ފެށިގން އދ. އަތޮޅާ ހަމައަށް ރީނދޫ ސަމާލު ނެފިއެވެ. ރާއްޖޭގެ މޫސުމާބެހޭ އިިދާރާއިން ބުނެފައިވަނީ ކަނޑުތައް ގަދަވުމުގެ އިތުރުން 25 މޭލާއި 30 މޭލަށް ވައިގަދަވާނޭ ކަމަށް ވެސް ލަފަކޮށްފައިވެއެވެ. މި ސަމާލު ނެރެފައިވަނީ ހެނދު 10:00 އިން ފެށިގެން މެންދުރު ފަހު 2:00 އަށެވެ.

މިއަހަރު ޖޫން، ޖުލައި، އޮގަސްޓް އަދި ސެޕްޓެމްބަރު ގައި ވާރޭ ވެހޭ މިންވަރު ދެކުނާއި މެދުރާއްޖެތެރޭ ބައެއް ރަށްތަކަށް މިދުވަސްވަރު އާންމުކޮށް ވެހޭ ވަރަށްވުރެ އިތުރު ވީނަމަވެސް އުތުރު އަތޮޅުތަކަށާއި މެދުރާއްޖެތެރޭގެ ބައެއް ރަށްތަކަށް މިދުވަސްވަރު އާންމުކޮށް ވެހޭ ވަރަށްވުރެ މަދުވާނެކަމަށް ބެލެވޭ ކަމަސް ވެސް މޫސުމާބެހޭ އިދާރާއިން ލަފާ ކުރެއެވެ.

މިދުވަސްވަރު ރާއްޖެސަރަހައްދުގައި ފިނިހޫނުމިންއެންމެ މައްޗަށްދާވަރު ކުޑަތަންކޮޅެއް ދަށް ވާނެކަމަށް ބެލެވޭ ކަމަށް ވެސް ބުނެފައިވެއެވެ.

ފިހިހޫނުމިން އެންމެ ދަށްވެގެންދާވަރު އެންމެ އުތުރު އަތޮޅުތަކުގައި ކުޑަތަންކޮޅެއް ދަށްވެފައި އެހެން ހިސާބުތަކުގައި އާންމު މިންގަނޑުގައި ހުންނާނެ ކަމަށް ބެލެވޭ ކަމަށް ވެސް ބުނެފައިވެެ.