އިންޑިއާއިން ޑިފެންސް ސާމާނުތައް އެތެރެ ކުރާ މިންވަރު ފާއިތުވި އަހަރުތަކުގައި އާދަޔާ ހިލާފަށް ދަށްވަމުން އަންނަ ކަމަށް ތަފާސްހިސާބުން ދައްކައެވެ. އިންޑިއާގެ އަސްކަރީ އިމްޕޯޓަށް އައިސްފައިވާ މި ބަދަލަކީ އިންޑިއާއިން އަމިއްލަ އުފެއްދުމަށް އިސްކަން ދީގެން 'މޭކް އިން އިންޑިއާ' ގެ ޝިއާރުގެ ދަށުން އަމިއްލަ އުފެއްދުމަށް ހިތްވަރުދނުމުގެ ނަތީޖާއެކެވެ.

އިންޑިއާ ސަރުކާރުން ބުނާ ގޮތުގައި މިހާރު އަސްކަރީ އާލާތްތައް އިމްޕޯޓު ކުރުން ވަނީ 21 ޕަސެންޓަށް ދަށަށް ގޮސްފައެވެ.

މި އަދަދުތަކަކީ ހަތިޔާރާއި، އިކުއިޕްމަންޓާއި، މަތިންދާބޯޓާއި، ހެލިކޮޕްޓަރާއި، މިނޫންވެސް އެތައް ދާއިރާއަކަށް ކަނޑައަޅާފައިވާ ކެޕިޓަލް އައިޓަމުތަކުން އިމްޕޯޓަށް ހުރަސް އެޅުމަށް އަލަށް ތައާރަފްކޮށްފައިވާ ޕޮލިސީތަކާގުޅިގެން ފެންނަމުންދާ ނަތީޖާއެކެވެ.

2014-15 ވަނަ އަހަރުގެ މާލީ ހިސާބުތައް ދައްކާގޮތުން ސިފައިންގެ ކެޕިޓަލް ހޭދައިގެ 40 އިންސައްތަ އަކީ އިމްޕޯޓެވެ. މި އަދަދުތައް ޖައްސަ ޖައްސައިގެން ދަށްވަމުން އަންނަތާ ދެ އަހަރު ވަނީ ވެފައެވެ.

2018-19 ވަނަ އަހަރު އިމްޕޯޓް 49 ޕަސެންޓާ ކައިރި ކުރާ އަދަދަކަށް މަތިވެގެން ގޮސްފައި ވެއެވެ. މިއިން ދައްކަނީ ރަފައެލް ފައިޓަރ ޖެޓްތަކާއި ސަވައިލެންސް މަތިންދާބޯޓުތަކާއި، އެނޫންވެސް އިމަރޖެންސީ ތަކެތި ގަތުމަށް ދައްކާފައިވާ ފައިސާގެ އަދަދުތަކެވެ.

އިންޓަރނޭޝަނަލް ޕީސް ރިސަރޗް އިންސްޓިއުޓް (ސްޓޮކްހޯލްމްސް) އިން ކުރިން ބުނިގޮތުގައި އިންޑިއާއަކީ ދުނިޔޭގައި އެންމެ ގިނައިން ހަތިޔާރު އިމްޕޯޓް ކުރ ގައުމެވެ. ނަމަވެސް މިހާރު އެ އިންސްޓިއުޓުން ބުނާ ގޮތުގައި އިންޑިއާގެ ހަތިޔާރު ގަތުން ވަނީ 21 ޕަސެންޓަށް ދަށްވެފައެވެ.