އެމެރިކާއިން އަފްޣާނިސްތާނުގައި ދިން ޑްރޯން ހަމަލާއެއްގައި އަލްގައިދާގެ ލީޑަރު އައިމަން އަލްޒަވާހިރީ މަރާލާފައިވާކަން އެމެރިކާގެ ރައީސް ޖޯ ބައިޑަން ކަށަވަރު ކޮށްދެއްވައިފިއެވެ.

އޭނާ މަރާލާފައިވަނީ އަފްޣާނިސްތާނުގެ ވެރިރަށް ކާބުލްގައި ސީއައިއޭ އިން މިދިޔަ އާދީއްތަ ދުވަހު ހިންގި ކައުންޓާ ޓެރަރިޒަމް އޮޕަރޭޝަނެއްގަ އެވެ.

އޭނާ އާއި އުސާމާ ބިން ލާދިން ގުޅިގެން 9/11 ގެ ހަމަލާއާއި އެމެރިކާގެ ކޯލް މަނަވަރުގެ ހަމަލާ ރޭވި އިސްފަރާތެވެ. އޭނާ އަކީ އެމެރިކާ އިން އެންމެ ބޭނުންވި ޓެރަރިސްޓުންގެ ތެރޭގައި ހިމެނޭ ޓެރިސްޓުންނެވެ. ސީއައިއޭން ވަނީ އޭނާ މަރާލުމަށްފަހު ވޯންޓެޑް ލިސްޓް އަޕްޑޭޓް ކޮށް އޭނާ މަރުވެފައިވާ ކަމަށް ލިސްޓް ކޮށްފައެވެ.

ބައިޑަން ވިދާޅުވީ، އަލްޒަވާހިރީ "އެމެރިކާގެ ރައްޔިތުންނާ ދެކޮޅަށް މީހުން މެރުމުގެ ފަހަތުގައި" ވާ މީހެއް ކަމަށެވެ. އެހެންވެ އެމެރިކާއަށް އޭނާއަކީ ހައްގު އަމާޒުފަތްގަނޑެއް ކަމަށެވެ.

ތާލިބާނުން ޒަވާހިރީ މަރުވި ކަމަށް ބުނެފައެއް ނުވެއެވެ. ނަމަވެސް ޔޫކޭ އެމްބަސީއާ މާދުރު ނޫން ހިސާބެއްގައި ހުންނަ މި ހަމަލާ އަމާޒުވި ތާލިބާންގެ ދާޚިލީ ވަޒީރު ސިރާޖުއްދީން ހައްގާނީގެ ވަށައިގެން ސަތަރި ދަމައި ފޮރުވައިފައި ވެއެވެ.

ޒަވާހިރީގެ ޖަނާޒާއާ ބެހޭ މައުލޫމާތެއްވެސް ލިބިފައެއް ނުވެއެވެ.