ތިލަމާލޭ ބްރިޖު މަޝްރޫއު ވާނީ، ވެރިރަށް މާލޭގެ ތޮއްޖެހުން ކުޑަކޮށްދީ ގުޅީފަޅުގައި ތަރައްގީކުރާ ބައިނަލްއަގުވާމީ ބަނދަރާއި ތިލަފުށީ އިންޑަސްޓްރިއަލް ވިލެޖު ގުޅުވާލަދޭ ތާރީޚީ ބްރިޖަކަށް ކަމަށް ޕްލޭނިން މިނިސްޓްރީން ވިދާޅުވެއްޖެެއެވެ.

ޕްލޭނިން މިިނިސްޓްރީން މިހެން ވިދާޅުވީ ގްރޭޓަރ މާލެ ކަނެކްޓިވިޓީ ޕްރޮޖެކްޓް، ތިލަމާލެ ބްރިޖުގެ އަމަލީ މަސައްކަތް ފެށުމާ ގުޅިގެން ކުރެއްވިި ޓުވީޓެއްގައެވެ.

މިއީ އިންޑިއާގެ ހިލޭ އެހީ އާއި އިންޑިއާގެ އެގްޒިމް ބޭންކުގެ ލައިން އޮފް ކްރެޑިޓް ފެސިލިޓީގެ ދަށުން ކުރިއަށްގެންދާ ޕްރޮޖެކްޓެކެވެ. ބުރިޖުގެ އަމަލީ މަސައްކަތް ފައްޓަވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހާއި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އެވެ. މި މަސައްކަތް ފަށްޓަވައި ދެއްވީ އިއްޔެވެ.

ތިލަމާލެ ބްރިޖަކީ އިންޑިއާގެ ހިލޭ އެހީގެ ގޮތުގައި ދޭ 100 މިލިއަން ޑޮލަރާއި އިންޑިއާގެ އެގްޒިމް ބޭންކުގެ 400 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓް ފެސިލިޓީގެ ދަށުން ކުރިއަށްގެންދެވޭ ޕްރޮޖެކްޓެކެވެ.

މިޕްރޮޖެކްޓުގެ ފުރަތަމަ ފޭސްއަށް ބޭނުންވާ ސީ-60 ގްރޭޑްގެ ހައި ސްޓްރެންތް ކޮންކްރީޓް ފޯރުކޮށްދިނުމަށް އެސްޓީއޯއަށް ވަނ ފުރުސަތު ލިބިފައެވެ. އެސްޓީއޯއިން ބުނެފައިވަނީ އެއީ އެ ކުންފުންޏަށް ލިބުނު ވަރަށް ބޮޑު ޝަރަފެއް ކަމަށެވެ."