އިންޑިއާގެ ޚާރިޖީ ވަޒީރު އެސް ޖައިޝަންކަރު މި ހަފްތާގައި ކެމްބޯޑިއާއަށް ކުރައްވާ ދަތުރުފުޅަކީ އާސިއާން-އިންޑިއާ މިނިސްޓީރިއަލް ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް ކުރައްވާ ދަތުރުފުޅެކެވެ. އިންޑއާގެ ޚާރިޖިއްޔާއިން ބުނިގޮތުގައި މި ދަތުރަކީ ކޮންމެ އަހަރަކުވެސް އާސިއަންއާ އެކު ބާއްވާ ގުޅުމުގެ ސްޓޮކް ނެގުމަށް ބާއްވާ ޚާއސަ ދަތުރެއް ކަމަށެވެ.

މިއަހަރަކީ އާސިއާން-އިންޑިއާ ޑައިލޮގް ރިލޭޝަންސްއަށް 30 އަހަރު ފުރުން ފާހަގަކުރާ އަހަރެވެ. މިއަހަރު ފާހަގަ ކުރާނީ އާސިއަން އިންޑިއާ ޕްރެންޑްޝިޕް އިޔަރގެ ގޮތުގައެވެ.

2021 ވަނަ އަހަރުގެ އޮކްޓޯބަރު މަހު ބޭއްވި 18 ވަނަ އާސިއާން-އިންޑިއާ ސަމިޓްގައި އާސިއާން އާއި އިންޑިއާގެ ލީޑަރުން އިޢްލާން ކުރެއްވާފައި ވަނީ މި އަހަރު ޕްރެންޑްޝިޕް އިޔަރގެ ގޮތުގައި ފާހގަ ކުރާށެވެ.