ކުރީގެ ރައީސް މުހައްމަދު ނަޝީދު އަތްޕުޅުގައި ރައީސް އިބްރާހީމް މުހައްމަދު ސާލިހުގެ ނޭދެވޭ ފޮޓޯތަކެއް ހުރިކަމަށް ވިދާޅުވެ ދައްކަވާ ވާހަކަތަކާއި އެމައްސަލަ ފުލުހުން މެދުވެރިކޮށް ބައްލަވައިދެއްވުމަށް އެދި ރާއްޖޭގެ އުއްތަމަ ފަނޑިޔާރު އަލްއުސްތާޒު އަހުމަދު މުއުތަސިމް އަދުނާނަށް ސިޓީއެއް ފޮނުއްވައިފިއެވެ. މިސިޓީ ފޮނުވީ ހޯމް މިނިސްޓްރީގެ ކުރީގެ ޑެޕިޔުޓީ މިނިސްޓަރ އަހުމަދު ސަލީމް (މާޒު ސަލީމް) އެވެ.

އެސިޓީގައި ތުހުމަތުކޮށްފައިވަނީ އެފަދަ ފޮޓޯތަކެއް ހުރިކަމަށް ވިދާޅުވެ ރައީސް ނަޝީދު ގެންދަވަނީ، ރައީސް އިބްރާހީމް މުހައްމަދު ޞާލިހު ބްލެކްމެއިލް ކުރަން ކަމަށެވެ. އަދި އެފަދަ ފޮޓޯތަކެއް އަތްޕުޅުގައި ބެހެއްޓުމަކީ ވެސް ގާނޫނީ ގޮތުން ވެސް މަނާކަމެއް ކަމަށް ވިދާޅުވެފައިވެއެވެ. "ދިވެހިރާއްޖޭގެ ވަލިއްޔުލްއަމްރުގެ އެފަދަ ފޮޓޯތަކެއް ހުރިކަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް ވިދާޅުވުމުން މިއީ މިފަދަ އިސްލާމީ ގައުމެއްގެ ރައްޔިތުންނަށް ކުޑަ މައްސަލައެއް ނޫނެވެ. މިކަމަކީ ގާނޫނުއަސީގައި ބުނާ ރައީީސުލްޖުމްހޫރިއްޔާގެ ސިފަތަކަށް އުނިކަން ލިބޭ ތުހުމަތެއް ކަމަށްވާތީވެ، ފުލުހުން ލައްވަ މިމައްސަލަ ތަހުގިގުކޮށް އެވިދާޅުވާފަދަ ފޮޓޯތަކެއް އެމަނިކުފާނުގެ އަތްޕުޅުގައިހުރިތޯ އަދި ނެތްތޯ ބަލާ ސާފުކުރުން އެއީ ގާނޫނީގޮތުން މިއަދު ކުރަންޖެހޭ ކަމެކެވެ،" އެސިޓީގައި ވިދާޅުވެފައިވެއެވެ. "އެވިދާޅުވާ ފޮޓޯތަކެއް ހުރިކަން ތަހުގީގަށް ސާބިތުކޮށްނުދެއްވިއްޖެނަަމަ އެއީ ގަޒުފުގެ ހައްދު ކަނޑައެޅިފައިވާ ޝަރުޢީ އަދި ގާނޫނޫ ކުށެެކެވެ.

ސްޕްރީމްކޯޓަކީ "މިފަދަ މައްސަލަތަކުގައި ކޯޓުއަމުރު ނެރެވޭނޭ ހަމައެކަނި ފަރާތްކަމުގައިވާތީ މިމައްސަލަ ތަހުގީކުރުމުގެ އަމުރެއް ނެރެދިނުމަށްއެދޭ ކަމަށް ސިޓީގައި ބުނެފައިވެއެވެ.