މުޅި މާލެއާއި ހުޅުމާލޭގެ ބައެއް ސަރަހައްދު ތަކުން ކަރަންޓު ކެނޑިއްޖެއެވެ. ސްޓެލްކޯއިން ވިދާޅުވީ ކަރަންޓު ކެނޑުނީ ދިމާވި ޓެކްނިކަލް މައްސަލައަކާއި ގުޅިގެން ކަމަށެވެ. މި މައްސަލަ ހައްލުކޮށް ވީއެންމެ އަވަހަކަށް ކަރަންޓު ދިނުމުގެ މަސައްކަތް ކުރެވެމުންދާ ކަމަށް ވެސް ސްޓެލްކޯއިން ވިދާޅުވެފައިވެއެވެ. މިހާރު ހުޅުމާލޭގެ ބައެއް ސަރަަހައްދު ތަަކަށް ވަނީ ކަރަންޓު ލިބިފައެވެ.

"ދިމާވި ޓެކްނިކަލް މައްސަލައަކާއި ގުޅިގެން، މުޅި މާލެއިން އަދި ހުޅުމާލޭގެ ބަޔަކުން ވަނީ ކަރަންޓުގެ ހިދުމަތް މެދުކެނޑިފައި. މި މައްސަލަ ހައްލުކޮށް ވީއެންމެ އަވަހަކަށް ކަރަންޓު ދިނުމުގެ މަސައްކަތް ދަނީ ކުރެވެމުން. ދިމާވާނެ ދަތިތަކަށް މާފަށް އެދެން،" ސްޓެލްކޯއިން ވިދާޅުވެފައިވެއެވެ. އެކުންފުނީން ވިދާޅުވެފައިވަނީ މާލެއިން ކަރަންޓުގެ ހިދުމަތް މެދު ކެނޑިފައިވަނީ، ގްރޭޓާމާލެ އިންޓަރކަނެކްޝަން ގްރިޑަށް ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެން ކަމަށެވެ. މި ވަގުތު ގްރިޑްގެ ހިދުމަތް މެދުކެނޑިފައިވާއިރު، ގްރިޑް ރީކަނެކްޓް ކުރުމުގެ މަސައްކަތް ދަނީ ކުރެވެމުން ކަމަށް ވެސް ވިދާޅުވެފައިވެއެވެ.

"މާލެއަށް ކަރަންޓު ދެމުންގެންދާ ފީޑަރު ތަކުގެ ތެރެއިން 9 ފީޑަރު މިހާރު ވަނީ އެނަރޖައިޒް ކުރެވިފައި. އަދި ހުޅުމާލޭގެ އެންމެ ފީޑަރެއް ފިޔަވާ ހުރިހާ ފީޑަރެއް ވަނީ އެނަރޖައިޒް ކުރެވިފައި. އެނަރޖައިޒް ނުކުރެވި ހުރި ފީޑަރުތައް އެނަރޖައިޒް ކުރުމުގެ މަސައްކަތް ދަނީ ކުރެވެމުން ކަމަށް ވެސް ސްޓެލްކޯއިން ވިދާޅުވެފައިވެއެވެ.

މާލެއާއި ހުޅުމާލެއިން ކަރަންޓުގެ ހިދުމަތް މެދުކެނޑިފައިވަނީ ހުޅުމާލޭ އިންޖީނުގޭގައި އަޕްގްރޭޑިންގ މަސައްކަތެއް ކުރަމުންދަނިކޮށް، 2 ޖަނަރޭޓަރު ނިވިގެންނެވެ. އެމައްސަލަ ހައްލުކޮށް، އިންޓަރކަނެކްޝަން ގްރިޑް އެނަރޖައިޒް ކުރުމުގެ މަސައްކަތްވެސް މިހާރު ދަނީ ކުރެވެމުންނެވެ. ސްޓެލްކޯއިން ވިދާޅުވެފައިވަނީ މާލެއަށް ކަރަންޓު ދެމުންގެންދާ ފީޑަރުތަކުގެ ތެރެއިން 4 ފީޑަރެއް ފިޔަވާ، އެހެން ހުރިހާ ފީޑަރެއް މިހާރު ވަނީ އެނަރޖައިޒް ކުރެވިފައި ކަމަށެވެ. އެނަރޖައިޒް ނުކުރެވިހުރި ފީޑަރުތައް ވީއެންމެ އަވަހަކަށް އެނަރޖައިޒް ކުރުމުގެ މަސައްކަތް ދަނީ ކުރެވެމުން ކަމަށް ވެ.

އެކުންފުނީން މަސައްކަތް ކުރައްވަނީ މިފަދަ މައްސަަލަތައް ދިމާވުން މަދުކޮށް ފެންވަރު ރަނަގަޅު ޚިދުމަތެއް ރައްޔިތުންނަށް ދިނުމަށެވެ.