އެސްޓީއޯއިން ވިއްކާ ޑީސެލާއި ޕެޓްރޯލްގެ އަގު ހެޔޮކޮށްފިއެވެ. އެކުންފުނީން ކުރީން 16.77 ރުފިޔާއަށް ވިއްކަމުން އައި ޑީސެލެ ލީޓަރެއް މިހާރު ވިއްކަނީ 16.32 ރުފިޔާއަށެވެ. މިއީ 45 ލާރި ހެެޔޮ އެހެކެވެ. ކުރީން 16.55 ރުފިޔާއަށް ވިއްކަމުން އައި ޕެެޓްރޯލް ލީޓަރަކުން 58 ލާރި ކުޑަކުރުމަށްފަހު މިހާރު ވިއްކަނީ 15.96 ރުފިޔާއަށެވެ.

އެސްޓީއޯއިން މި ބަދަލު ގެނައީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ހެޔޮވުމާ ގުޅިގެންނެވެ. މިއަދުން ފެށިގެން އެކުންފުނީން މި ދެ ބާވަތް ވިއްކާނީ ހެޔޮކުރި އަގަށެވެ.

އެސްޓީއޯ އިން ބުނެފައިވަނީ ރާއްޖޭގެ މާކެޓަށް ދެމެހެއްޓެނިވި ގޮތެއްގައި ތެޔޮ ފޯރުކޮށްދޭން މަސައްކަތްކުރަމުން ގެންދާ ކަަމަށެވެ. ނަމަވެސް ފަހަކަށް އައިސް ކޮވިޑުގެ ސަބަބުންނާއި ޔޫކުރެއިިނާއި ރަޝިޔާގެ ހަނގުރާމައިގެ ސަބަބުން ތެލުގެ އަގުތަކަށް އަންނަ ބަދަލުތަކާ ހެދި ދަތިތަކާ ކުރިމަތިލާން ޖެހޭ ކަމަށް އެކުންފުނީން ބުނެފައިވެއެވެ. މި އަހަރު އެސްޓީއޯއިން ތެލުގެ އަގު ބޮޑުކޮށްފައިވަނީ ދެ ފަހަރު އެވެ. އެހެނަސް ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގަށް އަންނަ ބަދަލުގެ ނިސްބަތުން އަގުބޮޑު ނުކުރާ ކަމަށް އެސްޓީއޯއިން ބުނެފައުވެއެވެ.