ހޮޓެލް ކާމްރާން އަކީ ކޮންތަނެއް؟

ހޮޓެލް ކާމްރާންއަކީ އައްޑޫ ސިޓީ ހިތަދޫގައި ހިންގާ ގެސްޓް ހައުސްއެކެވެ. އެތަނަކީ މެހުމާންދާރީ އަދާ ކުރުމުގައި ދެވަނައެއް ނެތްފަދަ ތަނެކެވެ. މެހުމާނުންނާ އެތަނުން ބައްދަލުކުރާ މީހުންގެ މޫނުމަތީން ފެންނަން ހުންނަނީ އުފާވެރިކަމެވެ. ހިނިތުން ވުމެއެވެ. އޯގާތެރިކަމެވެ.

ހޮޓެލްކާމްރާންގެ މަގުސަދަކީ އެތަނަށް އަންނަ މެހުމާނުންނަށް އެންމެ ފުރިހަމަ ގޮތުގައި ޚިދުމަތް ދިނުމެވެ. އެއީ އެތަނުން އެންމެ ބޮޑަށް އިސްކަންދޭ އެއްކަންތަކެވެ.

ރަށްފުށުގެ ހިތްގައިމު ދިރިއުޅުމާއި ރައްޔިތުންގެ ގުޅުން ދެކިލުމަށް އައްޑުއަށް ޒިޔާރަތްކުރާ ދޭސީންނާއި ބިދޭސީންނަށް އެންމެ ކަމުދާ އެއް ގެސްޓްހައުސްއަކީ ހޮޓެލް ކާމްރާން އެވެ. "މިއީ އެކަނިވެސް އަދި އާއިލާއާއި ރައްޓެހީންނާވެސް އެކުގައި އަންނަން ވަރަށް ހިތްގައިމުތަނެއް. މިހާރު މިތަނަށް ދެތީން ފަހަރު އާދެވިއްޖެ. ޚިދުމަތް ފެންނަނީ ވަރަށް ރަނގަޅަށް. އެންމެ ބޮޑަށް ފާހަގަކުރެވެނީ އެތަނުން ބައްދަލުވާ މީހުންގެ ހިތްހެޔޮކަން،" އެތަނަށް ޒިޔާރަތްކުރި އާއިޝަތު ބުންޏެވެ.

އާއިޝާ އާ އެއްފަދައިން މިތަނުގެ އަޖުމަ ބަލާލުން ކީއްތޯއެވެ؟ މުސްތަގުބަލުގައި މިތަން ހިމެނިގެންދާނީ އައްޑޫގައި ނަންހިނގާ އެންމެ ޚިދުމަތް ރަނގަޅު ތަންތަނުގެ ތެރޭގައި ކަމަށް އެތަނުން މައުލޫމާތު ދިނެވެ.

ހޮޓެލް ކާމްރާން ހުންނަނީ ކޮންތާކު؟

މި ހޮޓާ ނުވަތަ ގެސްޓު ހައުސް ހުންނަނީ ހިތަދޫ ނޫރާނީ ސްކޫލު ކައިރީގައެވެ. މިތަން ދެނެގަތުމަށް ތަކުލީފްތަކެއް އުފުލާކަށް ނުޖެހޭނެއެވެ.

މާހައުލު

ހޮޓެލް ކާމްރާން ހިމެނޭ ސަރަހައްދުން ފެންނާނީ ސީދާ ދިވެހި މާހައުލެކެވެ. ދިވެހީންގެ އާދަކާތަތަކާއި އެކުވެރިކަމެވެ. ހޮޓަލުގެ ގޯތިތެރެއިން މިހާރުވެސް ފެންނަމުން ދަނީ ފެހިކަމާއި އާރޯކަމެވެ. މިފެހިކަން މުސްތަގުބަލުގައި އިތުރަށް ގަދަވާނެއެވެ. ރީތިވާނެއެވެ. ރީތި މާމެލޭމެއްޔާއި މީރުވަސްދުވާ މާތައްއަޅާ ގަސްގަހާގެހީން އެތަން ފަޅުފިލުވައިދޭނެއެވެ. ގަސްގާހާގެހީގެ ފެހިކަމާއެކު ހަވީރުގެ ފިނިކަމުގެ ތެރެއިން އުފާވެރިކަން ހޯދުމަށްޓަކައި މީއީ އެއްވަނައިގެ ތަނެކެވެ.

އެތަނުގެ މާހައުލު ރޭގަނޑު ފެންނީ މާއުފާވެރިކޮށެވެ. ފެހި ދޫލައެއްފަދަ ގުދުރަތީ ވިނަތަކުގެ މަތީގައި އަރާމު ގޮނޑިތައް ބަހައްޓައިގެން އުފާވެރިކަމުގެ ވާހަކަދައްކާލަން މިއީ ސަތޭކައިގެ ތަނެކެވެ.

ކުރުކޮށް ބުނާކަމަށްވާނަމަ ހޮޓެލް ކާމްރާން އަކީ ނުތަނަވަސްކަން ލިބިފައިވާ ހިތްތަކާއި ބުރަބޮޑުވެފައިވާ ސިކުނޑިތަކަށް ލުޔެއް ހޯދައިދޭނޭ ތަނެކެވެ. ދުއްވާއެއްޗެހީގެ ދުމުގެ އަސަރެއް ކުރުމެއްނެތެވެ. އެފަދަ އުޅަނދުފަހަރުގެ އިންޖީން ތަކުގެ އަޑުން އިތުރު ބަރުކަމެއް ސިކުނޑިއަށް ލިބުމެއްނެތެވެ.

މިތަނުގެ ވެރިފަރާތުން އެންމެ އިސްކަންދޭ އެއްކަމަކީ އެތަން ފެހިކުރުމެވެ. ވީހާ ވެސް ބޮޑަށް ގުދުރަތީވަންތަކަން ދައްކުވައި ދިނުނެވެ. މީހުންގަޔާވާފަދަ މާހައުލެއް ގާއިމް ކުރުމެވެ. މުސްތަގުބަލުގައި އެތަން ދައްކަން ބޭނުންވަނީ ބަގީޗާއެއްގެ ގޮތުގައެވެ.

ދުރުތަންތަނުން ވެސް އަދި ކައިރި ތަންތަނުން ވެސް އައްޑޫސިޓީއަށް ޗުއްޓީ ހޭދަކުރަން އަންނަ ފަރާތްތަކަށް މިތަނަކީ އެންމެ އެކަށީގެންވާ އެއްތަނެވެ. އަގު ބޮޑެއް ނުވާނެއެވެ. ޖީބަށް ބަރުބޮޑެއް ނުވާނެއެވެ. އެހެން މީހުންގެ އެހެން ކަމުން ގުދުރަތީ މާހައުލެއްގައި އުފާވެރިކަމުގެ ވަގުތުކޮޅެއް ހޭދަކޮށްލަން ހޮޓެލް ކާމްރާން ވަރެއްނެތޭ ބުނެވިދާނެއެވެ.

ރޫމްތައް

މި ހޮޓަލުގައި ނުވަތަ ގެސްޓުހައުސްގައި ތިން އެޕާޓުމެންޓު ހުރެއެވެ. ކޮންމެ އެޕާޓުމެންޓެއްގައި 2 ރޫމު ހުރެއެވެ. އެހެން ކަމުން ފެމިލީއާއެކު ޗުއްޓީއަށް އަންނަ މީހުންނަށް މިއީ ހަމަ ބެސްޓެވެ. މި އެޕާޓުމެންޓުތަކުގައި ޒަމާނީ ބަދިގެ ހުންނާނެއެވެ. ކާތަނެއް ހުންނާނެއެވެ. ކޮންމެ އެޕާޓުމެންޓަކީ ފުލީފާނިޝްޑް ތަނެކެވެ.

މުސްތަގުބަލް

މިތަނުގެ މުސްތަގުބަލް އޮތީ ވަރަށް އުޖާލާކޮށެވެ. ތަނަށް އަންނަ މެހުމާނުންނަށް ޚާއްސަކޮށްގެން ތަފާތު ހަރަކާތްތައް ރޭވިގެންދާނެއެވެ. އެގޮތުން އައްޑޫގެ ތާރީޚާ ގުޅުން ހުރިތަންތަން ދެއްކުމާއި، މަސްދަތުރު ތަކާއި މިފަދަ އެހެން ހަރަކާތްތައް ވެސް ހޮޓެލް ކާމްރާން އިން ހިންގާނެއެވެ.