މަގޭ ހިޔާ 2022 ގެ ނަމުގައި އެސްޓީއޯއިން ޕްރޮމޯޝަނެއް ފަށައިފިއެވެ. މި ޕްރޮމޯޝަން ކުރިޔަށްދާނީ މިއަދުން ފެށިގެން މިމަހު ނޮވެމްބަރު 10 އާ ހަމައަށެވެ.
މި ޕްރޮމޯޝަނުގައި ޚާއްސަ އިނާމްތަކެއް ވެސް ވަނީ ކަނޑައެޅިފައެވެ. އެގޮތުން ގްރޭންޑް ލަކީ ޑްރޯގެ އެއްވަނަ އިނާމަކަށް ވިހި ހާސް ރުފިޔާގެ ފައިސާގެ އިނާމާއި، ދެވަނަ އިނާމަކަށް ދިހަ ހާސް ރުފިޔާގެ ފައިސާގެ އިނާމާއި ގްރޭންޑް ލަކީ ޑްރޯގެ ތިން ވަނަ އިނާމަކަށްފަސް ހާސް ރުފިޔާގެ ގިފްޓް ވޮއުޗަރ އެއް ކަނޑައަޅާފައިވެއެވެ.
މި ޕްރޮމޯޝަން ކުރިޔަށްދަނީ އެސްޓީއޯ ޕީޕަލްސް ޗޮއިސްގައެވެ. ޕީޕަލްސް ޗޮއިސްއިން ބައްލަވައި ގަންނަވާ މި ޕްރޮމޯޝަންގައި ހިމެނޭ އައިޓަމް ތަކަށް ހޭދަކުރާ ކޮންމެ 5،000 ( ފަސް ހާސް) ރުފިޔާއަކަށް ކޫޕަނެއް ލިބޭނެއެވެ. އަދި ގްރޭންޑް ލަކީ ޑްރޯގެ އިތުރުން ކޮންމެ ހަފްތާއަކު ނަސީބުވެރިން ހޮވައި އިނާމް ދޭ ގޮތަށް ވެސް ވަނީ ހަމަޖެހިފައެވެ.
މަގޭ ހިޔާ ޕްރޮމޯޝަން ކުރިޔަށްދާއިރު ޑިސްކައުންޓް ލިބޭ ތިން ޕެކޭޖަކަށް ބަހާލެވިފައިވާ ކަމަށް އެސްޓީއޯއިން ވަނީ ބުނެފައެވެ.
މިއީ ގެޔަށް ބޭނުންވާ މުދާ ހެޔޮއަގުގައި ފޯރުކޮށްދިނުމަށް އެސްޓީއޯއިން ފެށި ޕްރޮމޯޝަނެކެވެ. މިދިޔަ އަހަރު ވެސް “މަގޭ ހިޔާ” ގެ ޕްރޮމޯޝަން ކުރިއަށް ގެންދިޔައެވެ.