ބޮލީވުޑްގެ މަޝްހޫރުތަރި ސޯނަމް ކަޕޫރަށް ފިރިހެން ދަރިއަކު ލިބުނީ މިމަހު 20 ވަނަ ދުވަހު އެވެ.

އައްޑިހަ އާއި ނުވަދިހައިގެ އަހަރުތަކުގައި ވިދާލިއަނިލް ކަޕޫރުގެ ކާފަ ދަރިފުޅުގެ ފޮޓޯ ފުރަތަމަ ފަހަރަށް ހިއްސާކުރީ ސޯނަމްގެ ކޮއްކޮ، ފިލްމު އުފެއްދުމުގެ މަސައްކަތްކުރާ، ރެހާ ކަޕޫރެވެ.

ރެހާ އާއި އޭނާގެ މަންމަ ސުނީތާ ކަޕޫރާއެކު ދައްތަ ސޯނަމް ކަޕޫރާއި އޭނާގެ ދަރިފުޅު ދެކިލުމަށް ގޮސް ނެގި މި ފޮޓޯ އިންސަޓަގްރާމުގައި ހިއްސާ ކުރަމުން ލިޔެފައިވަނީ "މާސީ އިޒް ނޮޓް އޯކޭ" އެވެ. ރެހާ ހިއްސާކުރި ފޮޓޯތަކުން ތުއްތު ކުއްޖާގެ މޫނެއް ނުފެނެއެވެ. އެހެންނަމަވެސް ނޫކުލައިގެ ރަޖައެއްގައި އޮޅާފައި އޮތް ތުއްތު ދަރިފުޅާއެކު ހޮސްޕިޓަލުގެ ނަރުހަކާއި ރެހާ ކަޕޫރު އަދި އޭނާގެ މަންމަ ފެނެއެވެ. މި ދެމައިންވެސް ތިބީ މާސްކު އަޅައިގެނެވެ. ސޯނަމްގެ ދަރިފުޅު ފެނުމުން ނެހާ އަށް ރޮވުނެވެ. އެގޮތުން ލޮލުން ފެންފުހެލާ ފޮޓޮއެއްވެސް އޭނާ ހިއްސަޚުރިއެވެ.

ސޯނަމް ކަޕޫރާއި ވިޔަފާރިވެރިޔާ އާނަންދު އަހޫޖާ ކައިވެނިކުރީ 8 މެއި 2018 ގައެވެ.