ވާވޭގެ ބާނީ ރެން ޒެންގްފޭގެ އާ މެމޯ ޗައިނާގެ މީސްމީޑިއާގައި ވައިރަލްވެފައި ވެއެވެ. ވާވޭގެ މުވައްޒަފުންނަށް ރެން ފޮނުވާފައިވާ މެމޯގައި ބުނެފައި ވަނީ އިގްތިސާދީ އަނދަވަޅެއް ކުރިމަތި ވަމުން އަންނަ ކަމަށެވެ.

ރެންގެ މެސެޖުން ޗައިނާގެ އިގްތިސާދަށް ކުރިމަގުގައި ކުރިމަތިވާނެ ބަނަކަމެއް ހާމަވެގެން ދެއެވެ. އަދި މިފަދަ ސަރީހަ ތެދުބަސްތަކަކީ ޗައިނާގައި މަދުން ނޫނީ ނުފެންނަ ކަމެއް ކަމަށް ތަޖުރިބާކާރުން ބުނެ އެވެ.