ސްރީލަންކާއިން ޗައިނާއާ އެކު ހެދި ގަސްކާނާގެ އެއްބަސްވުމުގައި ޗައިނާއިން ސްރީލަންކާއަށް ކެހިދީފައި ވެއެވެ. ސްރީލަންކާއިން ގުދުރަތީ ގަސްކާނާ ނޫން ބާވަތެއް ބޭނުން ނުކުރާނެކަމަށް ނިންމުމުން އެގައުމުން ބީލަމަށް ހުޅުވާލުމުން އެކަމަށް ޝަތުރު ހަމަވީ ޗައިނާގެ ކުންފުންޏެކެވެ. ނަމަވެސް އެކުންފުނިން ހުށަހެޅި ގަސްކާނާގައި ބިމުގެ ފަސްގަނޑު ތަޣައްޔަރު ކުރާ މާއްދާތައް ހުރުމުން ސްރީލަންކާއިން އެ ކުންފުނިން އެތެރެ ކުރި ގަސްކާނާ ބަލައި ނުގަތުމަށް ނިންމިއެވެ.
އެކަމުގެ ސަބަބުން ބޭރު ފައިސާއަށް ދަތިވަމުން އައި ސްރީލަންކާގެ ޚަޒާނާއަށް 6.9 މިލިއަން ޑޮލަރުގެ ގެއްލުމެއް ލިބިގެން ދިޔައެވެ.
ސްރީލަންކާގެ އެގްރިކަލްޗާ މިނިސްޓަރ ވިދާޅުވީ ޗައިނާ ކުންފުންޏަށް ފައިސާ ދެވިފައިވާ ކަމަށާއި އަދި އެމީހުން އަނބުރައި ގެންދިޔަ ފާޓިލައިޒާއަށް ބަދަލުގައި ފާޓިލައިޒާވެސް ދީފައި ނުވާ ކަމަށެވެ. އޭނާ ވިދާޅުވީ އެމައްސަލަ އޭނާގެ މިނިސްޓްރީން އިތުރަށް ކުރިއަށް ގެންދާނެ ކަމަށެވެ.