ޔޫކްރޭނާ ގުޅުން ހުރި މައްސަލައެއްގައި އިންޑިއާއިން ފުރަތަމަ ފަހަރަށް ރަޝިޔާއާ ދެކޮޅަށް އދގައި ވޯޓު ދީފިއެވެ. ޔުކްރެއިންގެ ރައީސް ޒެލެންސްކީ އދގައި ވާޗުއަލް ކޮށް ތަގްރީރު ކުރެއްވުމަށް އެދިވަޑައިގަތުމުން އެކަމާ ދެކޮޅަށް ޗައިނާއިން ވަކި އަތަކަށް ވޯޓެއް ނުދެއެވެ. އަދި ރަޝިޔާއިން ދެކޮޅަށް ވޯޓު ލިއެވެ. ނަމަވެސް އިންޑިއާއިން ވަނީ ޒެލެންސްކީއަށް ތަގްރީރު ކުރެވެން ޖެހޭނެ ކަމަށް ބުނެ އޭނާއަށް ސަޕޯޓް ކޮށް ވޯޓުލާފައެވެ.

އިންޑިއާ އިން ބުނެފައި ވަނީ މިއީ ރަޝިއާއާ ދެކޮޅަށް ދޭ ވޯޓެއް ނޫން ކަމަށާއި މީގެ ކުރިންވެސް ދެ ފަހަރެއްގެ މަތިން ސަލާމަތީ މަޖިލީހާ މުޚާތަބުކުރައްވައި ޒެލެންސްކީ ތަގްރީރު ކުރައްވާފައިވާ ކަމަށެވެ.