މ. ވޭވަށުގައި ފެނަކައިން ގާއިިމް ކުރި އައި އިންޖީނުގޭގެ މަސައްކަތް ނިންމައި ހުޅުވައިފިއެވެ. އެރަށުގައި އައު އިންޖީނުގެއެއް އަޅައި މި ހުޅުވީ މީގެ ކުރީން އެރަށުގައި ބޭނުންކުރަމުންއައި 29 އަހަރުވީ އިންޖީނުގެ ނިއްވާލުމަށްފަހުގައެވެ.

އެރަށުގައި އަލަށް އިމާރާތްކުރި އިންޖީންގެ އާއި އޮފީސް ރަސްމީކޮށް ހުޅުއްވައިދެއްވީ މިކަމަށްޓަކައި މިއަދު އެރަށުގައި ބޭއްވި ރަސްމިއްޔާތެއްގައި، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙެވެ.

ފެނަކައިން ގެންދަނީ ރަށްރަށުގައި ހުރި ޒަމާންވީީ އިންޖީނުގެތައް އައުކޮށް ރިލޮކޭޓު ކުރުމުގެ މަޝްރޫއެއް ހިންގަމުންނެވެ.