ޕާކިސްތާނުގައި މީޑިއާގެ މިނިވަންކަން ދަށަށް ދާއިރު، ގޮތް ނޭނގޭ ބަޔަކު ދިން ހަމަލައެއްގައި އިސް ނޫސްވެރިއަކަށް ބަޑިޖަހައި މަރާލައިފިއެވެ. ޕާކިސްތާނުގެ ޕަންޖާބުގެ ޓޯބާ ޓެކް ސިންގް ޕްރޮވިންސްގައި ހިނގި މި ހާދިސާގައި މަރާލާފައި ވަނީ ނޫސްވެރިޔާ މުހައްމަދު ޔޫނުސްއެވެ. އޭނާއަށް ހަމަލަ ދިނީ ސައިކަލެއްގައި ދަތުރުކުރަމުން ދަނިކޮށް ދަނޑެއްގައި ފިލާތިބި ތިބި ދެ މީހަކު ބަޑިޖަހައިގެންނެވެ.

ޑޯން ނޫހުން ބުނީ ބަޑިޖެހުމުގެ ހާދިސާއަށްފަހު ނޫސްވެރިޔާ މަރުވުމުން ހަމަލާދިން މީހުން ވަނީ އެތަނުން ފިލާފައެވެ. ޕަންޖާބުގެ ފައިސަލްއާބާދުގެ ފުލުހުން ވަނީ މި މައްސަލަ ބަލަން ފަށާފައެވެ.

ޕާކިސްތާނުގައި މީޑިއާގެ މިނިވަންކަމަށް ހުރަސްއެޅުމުގެ މައްސަލަތައް ދަނީ އިތުރު ވަމުންނެވެ. ޕާކިސްތާންގެ މީޑިއާގެ މިނިވަންކަމާ މެދު ސީރިއަސް ސުވާލުތަކެއް އުފެދިފައިވާކަން ރިޕޯޓާސް ވިތު އައުޓް ބޯޑާޒްއިން ވަނީ ފާހަގަކޮށްފައެވެ.

މިދިޔަ އަހަރު އެކަނިވެސް ގިނަ ނޫސްވެރިން ޑިއުޓީ އަދާ ކުރަމުން ދަނިކޮށް މަރާލާފައިވެއެވެ. ވޭތުވެދިޔަ އަހަރެއްހާ ދުވަހުގެ ތެރޭގައި ޕާކސްތާންގެ މީޑިއާ އިދާރާތަކުގެ މާލީ ހާލަތުވެސް ވަނީ ގޯސްވެފަ އެވެ. ވަޒީފާ ނެތުމުގެ ސަބަބުން މީޑިއާގައި މަސައްކަތް ކުރާ ދެ މީހަކު ވަނީ ދަންޖެހިގެން މަރުވެފައެވެ.