ޗައިނާއާއި އިންޑިއާގެ ބޯޑަރު މައްސަލައިގައި ތިންވަނަ ފަރާތަކުން ތަދައްޚުލު ނުވުމަށް ޗައިނާ ސިފައިން އިންޒާރުކޮށްފިއެވެ. ޗައިނާގެ ޑިފެންސް މިނިސްޓްރީގެ ތަރުޖަމާނު ނިއުދިއްލީއަށް ގޮވާލައްވާފައި ވަނީ މައްސަލަތައް ހައްލުކުރުމަށް ކުރާ ވައުދުތައް ދަމަހައްޓަން މަސައްކަތް ކުރުމަށެވެ. އިންޑިއާއިން ބުނާ ގޮތުގައި 15 ބުރަށް ޗައިނާއާއެކު ލަދާކްގެ މަސްރަހު ފިނި ކުރުމަށ ްމަޝްވަރާތައް ބާއްވައިގެންވެސް މައްސަލައަށް ހައްލެއް ހޯދިފައި ނުވާ ކަމަށެވެ.
ޗައިނާގެ އިންޒާރު އައިސްފައި ވަނީ އިންޑިޔާއާއި އެމެރިކާ ގުޅިގެން ހިމާލިޔާ ސަރަހައްދުގައި ޗައިނާއާއި އިންޑިއާގެ ބޯޑަރާވީ ހިސާބުގައި އަސްކަރީ ތަމްރީންތައް ބޭއްވުމަށް ތައްޔާރު ވުމާ ގުޅިގެންނެވެ.
އިންޑއާއިން އަބަދުވެސް ޗައިނާއަށް އެދިފައި ވަނީ ދެ ފަރާތުން ކުރިންވެސްނއެއްބަސްވެފައިވާ ފަދައިން ސަރަހައްދާ 15 ކިލޯމީޓަރު ދުރުގައި ސިފައިން ބޭތިއްބުމަށެވެ. ނަމަވެސް އެއާ ޚިލާފަށް ޗައިނާ ސިފައިން ވަނީ ލަދާކްގެ ސަރަހައްދު ހުރަސްކޮށް އިންޑިއާގެ ގަލްވާން ވާދީގެ ތެރެއަށް ވަދެގެންފައެވެ.
ގަލްވާން ވާދީއަށް ނަން ދެވިފައި ވަނީ އެ ވާދީ ހޯދައި ގަތް ޢުލާމް ރަސޫލް ގެލްވާންގެ ނަމުންނެވެ.