އިންޑޮނޭޝިއާގެ ސުމަތުރާއަށް 0829 ގައި އައި ބިން ހެލުމެއްގެ އަސަރު ރާއްޖެއަށް ކޮށްފައިވާ ކަމަށް މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސެންޓަރުން ވިދާޅުވެއްޖެއެވެ. އޭގެ ސަބަބުން ސުނާމީއެއް އުފެދޭނޭ ކަމަށް ނުބެލެވޭ ކަމަށް ވެސް ވިދާުވެފައިވެއެވެ.

ބިންހެލުމުގެ ބާރުމިނަކީ 5.9 މެގްނެޓިއުޑެވެ. މީގެ އިތުރުން ދެވަނަ ބިންހެލުމެއް ވެސް އައިކަމަށް ވެސް ރިޕޯޓު ކޮށްފައިވެއެވެ. ބިންހެލުން އައިސްފައިވަނީ ސްމަތުރާގެ މެންޓަވާއީ ރަށްތައް ކައިރިން ކަނޑުގެ ދިހަ ކިލޯމީޓަރު އަޑިއަށެވެ. މި ބިންހެލުން އައިސްފައިވާ ސަރަހައްދާއި މާލެއާ ދެމެދުހުރީ 2854 ކިލޯމީޓަރެވެ. މި ބިންހެލުމުގެ ސަބަބުން އެއްވެސް މީހަކު މަރުވެފައިވާ ކަމަށް މިހާތަނަށް އެނގިފައެއް ނުވެއެވެ.