ފީނަން އުޅުމުގެ ތެރޭގައި މިއަދު ހަވީރު ރ.އުނގޫފާރަށް ނިސްބަތްވާ ޒުވާނަކު މަރުވެއްޖެއެވެ.
ފުލުހުން ހާމަކުރައްވާފައިވާ ގޮތުގައި ޒުވާނާ ފަރުވާއަށް ހޮސްޕިޓަލަށް ގެންދިޔައިރުވެސް މަރުވެފައިވާކަމަށް ޑޮކްޓަރުން ވިދާޅުވެފައިވާ ކަމަށެވެ.
ފީނަން އުޅުމުގެ ތެރޭގައި ޒުވާނަކު މަރުވުމުގެ ހިތާމަވެރި ހާދިސާއެއް ހިނގާފައި މިވަނީ މުޅި ރާއްޖެއަށް ވިއްސާރަ ކުރަމުންދާ ދުވަސް ވަރެއްގައެވެ.