އައްޑޫސިޓީގެ މަގުހެދުމުގެ މަޝްރޫޢު ކުރިޔަށް ގެންދިއުމުގައި އެސިޓީގެ ކައުންސިލުން ކަންބޮޑުވާ ކަންކަން އެމަސައްކަތްކުރާ ކުންފުންޏާ ހިއްސާ ކޮށްފިއެވެ. އައްޑޫސިޓީ މަގުހެދުމުގެ މަޝްރޫޢުގެ ކޮންސަލްޓަންޓް އެލް.އެން.ޓީ އިންފްރާސްޓްރަކްޗަރ މިކަމަށް ބެހޭ ގޮތުން މަޝްވަރާ ކުރީ އެކުންފުންޏާއި އައްޑޫ ސިޓީކައުންސިލާ އެކު އިއްޔެ ބޭއްވި ބައްދަލުވުމުގައެވެ.

މި ބައްދަލުވުމުގައި ކައުންސިލުން ވަނީ އެ ކަންބޮޑުވުންތަކުގެ އިތުރުން މަސައްކަތުގެ ތެރެއިން ރައްޔިތުންނަށް ދިމާވާ ދަތިކަންވެސް އެކުންފުންޏާ ހިއްސާ ކޮށްފައެވެ. އަދި މަސައްކަތް ކުރިޔަށް ގެންދިއުމުގައި ރައްޔިތުންނަށް ވީހާވެސް ދަތިނުވާ ގޮތަށް، ރައްކާތެރި ގޮތަކަށް މަޝްރޫޢުގެ މަސައްކަތް ތަރުތީބުކޮށް ކުރިޔަށް ގެންގޮސްދެއްވުމަށް ކައުންސިލުން ވަނީ އެދިފައެވެ.