2018 ވަނައަހަރުގެ އޮގަސްޓުމަހު 30 ވަނަ ދުވަހުގެރޭ ސިނަމާލެ ބްރިޖް ހުޅުވުމުގެ ރަސްމިއްޔާތު އޮތީ ވަރަށް ކުަލަގަދަކޮށެވެ. ހަވާ އަރުވައި ލޭޒަރ ލައިޓްގެ ކުލަގަދަ ހަރަކާތްތަކާއި އެކު ސިނަމާލެ ބްރިޖް ހުޅުވިތާ މިއަދަށް ހަތަރު އަހަރު ފުރުނީ އެވެ.
މި ބުރިޖަކީ ރާއްޖޭގައި މިހާތަނަށް ހިންގި އުމްރާނީ ތަރަށްޤީގެ އެންމެ ބިޔަ އެއް މަޝްރޫއެވެ. އާންމުންނާއި ވިޔަފާރި ވެރީންގެ ފޮނި އުންމީދު ތަކެކެވެ. ޤައުމުގެ އިޤުޞާދީ ދުވެލި ބާރުވެ، ހަރުދަނާވި ފާލަމެކެވެ.
ޗައިނާ ސަރުކާރުގެ ހިލޭ އެހީ އާއި، ދިވެހި ސަރުކާރުގެ ބަޖެޓްގެ އިތުރަށް ޗައިނާގެ ލޯނު އެހީ ދަށުން އެޅި މި ބުރިޖަކީ ރާއްޖޭގެ އިޤްތިޞާދަށް ހެޔޮ ބަދަލުތަކެއް ގެނެސްދިން ބުރިޖެކެވެ.
މިއަދު ހުޅުމާލެއާއި މާލެ އެއްފަސްގަނޑަކަށްވެ، މި ދޭތެރޭގައި އެއްގަމުން، ދަތުރުކުރުމުގެ ލުއިފަސޭހަކަން މިވަނީ ދިވެހި ހުރިޔާ ރައްޔިތުން ނަށް ލިބުނު ވަރަށް ބޮޑު އުފަލަކަށެވެ.
މިހާރު ހުޅުމާލޭގައި ދިރިއުޅޭ އާއިލާތައް ވަރަށް ގިނައެވެ. އެހެންކަމުން މިއަދު ކަހަލަ ވިއްސާރަ ދުވަސްދުވަހު އޮފީހަށާޢި ސްކޫލު ތަކަށް ދިޔުމަށް ހުޅުމާލެއިން މާލެއަށް އދި މާލެއިން ހުޅުމާލެއަށް ދަތުރުކުރާ މީހުންނަށް މިކަމުގެ ލުއިފަސޭހަކަން އިހުސާސް ވާނެއެވ. ބުރިޖުގެ ސަބަބުން ލިބުނު ހިންހަމަޖެހުން އިހުސާސް ކުރާނެއެވެ.
ދަތުރު ފަތުރުކުރާ އާންމު މީހުންގެ އިތުރަށް ވިޔަފާރި ވެރީންނަށްވެސް މި ބުރުޖުގެ ސަބަބުން އެތައް ފަސޭހަތަކެއް ލިބިއްޖެއެވެ. އަދި ވިޔާފަރިތައް ފުޅާކޮށް މުދާ ގަނެ ވިއްކާމީހުނަށްވެސް ލުއި ފަސޭހަވެ، "ޑެލިވަރީގެ" ކުދި ބޮޑު ވިޔަފާރިތައް އިތުރުވެ، އާންމުންނަށް އާންމު ދަނީ ހޯދާނެ އިތުރު މަގުތައް ފަހިވިއެވެ.
ސިނަމާލެ ބުރިޖަށް ހަތަރު އަހަރު ފުރުމުގެ މުނާސަބަތުގައި ޗައިނާއިން ރާއްޖެއަށް ކަނޑައަޅައިފައި ހުންނަ ސަފީރު ވިދާޅުވީ މި ބްރިޖަކީ ރާއްޖެއާއި ޗައިނާގެ އެކުވެރިކަން ނިޝާނެއް ކަމަށެވެ. އަދި މި ބްރިޖްގެ ސަބަބުން ރާއްޖޭގެ އިޤުތިޞާދަށް ހެޔޮ ބަދަލެއް އަންނަ ކަމަށްވެސް ސަފީރު، ވާން ލިޝިން ވިދާޅުވިއެވެ.
އާންމު ރައްޔިތުނަނަށާއި ދިވެހި އިޤުތިޞާދަށް ކުރިއެރުން ތަކެއް ގެނެސްދިން ސިނަމާލެ ބުރިޖު ނިންމެވުމުގެ މޭސްތިރި ކަމުގައިވާ ރައީސް ޔާމީނަށް ދިވެހީންގެ ޝުކުރު ޙައްޤެވެ.
އާއި ލޯނުގެ ދަށު