ބޮލީ ވުޑްގެ މަޝްޙޫރު ދެ ތަރީން ކަމުގައިވާ، ސައިފް އަލީ ޚާން އާއި ކަރީނާ ކަޕޫރުގެ ދޮށީ ދަރި ފުޅު ތަރުކާރީ ދަނޑެއްގައި ނަގާފައިވާ ފޮޓޮއަކަށް ގިނަބައެއްގެ ތަޢުރީފު ލިބިއްޖެއެވެ. މިއީ ކަރީނާ ހިއްސާ ކުރި ފޮޓޮއެކެވެ.

ސައިފުގެ އާއިލީ ގަނޑުވަރުކަމަށްވާ "ޕަކޯޅީ ހައުސް" ގެ ދަނޑުން، ސައިފް އާއި ކަރީނާގެ ދޮށީ ފިރިހެންދަރިފުޅު، ތައިމޫރު އަލީ ޚާން ތަރުކާރީ އުފުރާ މި ފޮޓޯ ހިއްސާ ކުރަމުން ކަރީނާ ލިޔެފައިވަނީ ތައިމޫރު ތާޒާ ފަރާޓާ ކެއުމަށް ތަރުކާރީ އުފުރަނީ ކަމަށެވެ.

ކަރީނާ އިންސަޓަރގްރާމުގައި ހިއްސާކުރި މި ފޮޓޮއަށް ގިނަބަޔަކު ތަޢުރީފު ކޮށް މެސެޖުތައް ހިއްސާކުރިއެވެ. ގިނަ މީހުން ލިޔެފައިވަނީ ކަރީނާއާއި ދަރިންވެސް ސިއްޙަތަށް ފައިދާ ލިބޭ، ކާނާ ކެއުން ޚިޔާރުކުރާތީ އެކަމަށް ތަޢުރީފު ކޮށްފައެވެ.

ކަރީނާ އާއި ސައިފު އާއިލާ މިވަގު ޗުއްޓީ ހޭދަކުރަމުން ދަނީ ދިއްލީ ކައިރީގައި ހުރި އެމީހުންގެ ޕަކޯޅީ ހައުސްގައެވެ.

އިއްޔެ ކަރީނާ ހިއްސާ ކުރީ އެ ގޭ ގޯތިތެރޭގައި ސައިފު އާއެކު ބެޑްމިންޓަށް ކުޅޭ ވީޑިއޯއެކެވެ.

ކަރީނާ އާޢި ސައިފު ކައިވެނި ކުރީ 2012 ވަނަ އަހަރުއެވެ. އެމީހުންގެ ދެ ފަރިހެން ދަރީންގެ ތެރެއިން ދޮށި ދަރިފުޅު ތައިމޫރުގެ އުމުރަކީ 5 އަހަރެވެ. ހަގުދަރިފުޅު ޖަހަންގީރު އުފަންވީ ފެބުރުއަރީ 2021 ގައެވެ.

މި ދެބެންގެ އިތުރަށް ސައިފު، އަމްރިތާ ސިންގް އާއި ކައިވެނިކޮށްގެން ލިބި ފައި ތިބި ދެދަރިންނަކީ ސާރާ އަލީ ޚާން އާއި އިބްރާހިމް އަލީޚާން އެވެ.