ދ. ކުޑަހުވަދޫ ރައްޔިތުންނަށް ދެމުންގެންދާ ކަރަންޓްގެ ޚިދުމަތް ރަނގަޅު ކުރުމަށް ފެނަކައިން އެރަށު އިންޖީނުގޭގައި މުޅިން އައު ޖެނެރޭޓަރު ސެޓެއް ބަހައްޓައިފިއެވެ.

އެރަށުގައި އަލަމަށް ބަހައްޓާފައިވަނީ 1200ކޭވީ ގެ އައު ޖަނަރޭޓަރ ސެޓެކެވެ. އޭގެ އިތުރުން ޖަނަރޭޓަރ ސިންކްރޮނައިޒިންގ ޕެނަލެއް ވެސް ވަނީ ބަހައްޓައިފައެވެ.

މީގެ އިތުރުން ރަށުގެ ވޯލްޓޭޖް ޑްރޮޕް މައްސަލަ ހައްލު ކުރުމަށް އެލްވީ އަދި އެޗްވީ ނެޓްވަރކް އަޕްގްރޭޑް ކުރުމުގެ މަސައްކަތްވެސް ވަނީ ނިމިފައި ކަމަށް ފެނަކައިން ވިދާޅުވިއެވެ.

މިގޮތުން 3407 މީޓަރ ކޭބަލް އެރަށުގައި ވަނީ ވަޅުލެވިފައެވެ. އަދި 4 ޓްރާންސްފޯމަރާއި 5 ރިންގް މެއިން ޔުނިޓް ވަނީ ބަހައްޓައިފައެވެ. އޭގެ އިތުރުން 25 ޑިސްޓްރިބިއުޝަން ފޮށި ބަދަލު ކުރެވިފައިވާ ކަމަށްވެސް ފެނަކައިން ވިދާޅުވިއެވެ.