ފުރައިގެން ނ. އަތޮޅަށް ދަތުރު ކުރަމުން ދިޔަ "ލަންދޫ ބޯޓް" އެއްކޮށް އަޑިއަށް ދިޔަނަމަވެސް، ބޯޓުން ދަތުކުރި އެންމެން ސަލާމަތް ކޮށްގެން ކ. ގާފަރަށް ދާދި ދެންމެ ގެންގޮސްފިއެވެ.

އެމްއެންޑީއެފުން ބުނެފައި ވަނީ ލަންދު ބޯޓަށް ދިޔަ ގ.ފަރަށް އެރިކަމުގެ މައުލޫމާތު ލިބުނީ މިއަދު 10:55 ގައި ކަމަށެވެ. ބޯޓަށް އެހީތެރިވުމަށް ގާފަރު ރައްޔިޔުން މަސައްކަތް ކުރަމުންދާކަމަށް މައުލޫމާތު ލިބެއެވެ.

މިހާދިސާގެ މައުލޫމާތު "ހަލި ނިއުސް" އާ ހިއްސާ ކުރަމުން ގާފަރުން ވާހަކަ ދެއްކި މީހަކު ބުނީ ދޯނި ދަތުރު ކުރަމުންދިޔައީ މާލެއިން ނ.އަތޮޅަށް ކަމަށެވެ.

"ދޯނީގެ ޕަންޕް މައްސަލަ ޖެހިގެން މިރަށުގައި އޮވެފައި ކަނޑަށް ނިކުތްތަނުން އެކަމެއް ދިމާވީ. ކޮޅިގަނޑަކާ ދިމާކޮށް ނިކުމެވުނީވެސް. ބޮޑަށް ބެލެވެނީ ދިޔަވާން ފެށުމުން، ދިޔަ ގަނޑު ކޮންޓްރޯލް ނުކުރެވޭނެތީ ފަރުމައްޗައް ބީއްސާލީކަމަށް. ދޯނި އަޑިއަށްދާތަން ފެނުމުން މީހުން ސަލާމަތް ކުރުމަށް މިރަށުން ސްޕީޑް ބޯޓަކާއި ޑިންގީއެއް ގޮސްގެެން މީހުން ކޮޅު ސަލާމަތް ކުރީ" ގާފަރުން މައުލޫމާތު ދިން މީހާ ބުންޏެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ގިނަ އަދަދެއްގެ ސައިކަލާއި ރަށު ޕިކަޕް ދޯނީގައި ހުއްޓެވެ. "ދޯނިން އޮޔާދާތަކެތި ނެގުމަށްވެސް މިރަށު މީހުން ދަނީ ހަރަކާތްތެރިވަމުން" ގާފަރުން ވާހަކަ ދެއްކި މީހާ ކިޔައ ދިނެވެ.

ލަންދޫ ބޯޓް އަޑިޔަށް ދިޔުމުގެ ހާދިސާއާ ގުޅޫ މުހިއްމު މައުލޫމާތު:

1. ބޯޓުން 30 މީހުން ދަތުރު ކުރި (ގިނައީ ބަންގްލަދޭޝް މީހުން).

2. ބޯޓުން ދަތުރު ކުރީ އެންމެ އަންހެނެއް، ކުޑަކުއްޖަކު ދަތުރެއް ނުކުރޭ.

3. ގާފަރު ރައްޔިތުން ދަނީ ބޯޓުން ދަތުރު އެންމެ އެކި ގޭގެއަށް ބަހާލުމަށްފަހު މެހެމާންދާރީ އަދާކުރަމުން.