އައްޑޫ ފްލައިން ސްކޫލުން އެތަނުގެ ދަރިވަރުންނާ މެދު އަމަލު ކުރަނީ ބޭއިންސާފުން ކަމަށް ވިދާޅުވެ އެކަން ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ ކުށްވެރި ކުރައްވައިފިއެވެ.
މިނިސްޓަރު ނަހުލާ މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އައްޑޫގައި ގާއިމް ކޮށްފައިވާ ފްލައިންގ ސްކޫލްގައި ކިޔަވަމުންދާ ކުދިންނާއިމެދު ބޭއިންސާފުން އަމަލު ކުރެވެމުންދާތީ އެކަން ކުށްވެރި ކުރާ ކަމަށެވެ.
އެކަމަނާ ވިދާޅުވީ ކަންތައްތައް ހައްލު ކުރުމަށް މަސައްކަތް ކުރެވެމުންދާ ވަގުތެއްގައި ކިޔަވާ ކުދިންނާއިމެދު ބޭއިންސާފުން އަމަލު ކުރެވެމުންދާތީ އެކަމަށް އިހުމާލު ވެފައިވާ ފަރާތްތަކާމެދު އަޅަންޖެހޭ ފިޔަވަޅު އަޅާނެ ކަމަށެވެ.
ފްލައިން ސްކޫލުގެ ދަރިވަރުންނާމެދު އިހުމާލުވެފައިވާތީ އެތަނާމެދު ފިޔަވާޅު އަޅަން ހަޔާ އެޑިއުކޭޝަން މިނިސްޓްރީ އިން ވަނީ މީގެކުރިން ނިންމައިފައެވެ. ދަރިވަރުންގެ ކިޔެވުމަށް ބުރޫއަރާ ކަންތައްތައް އެތަނުގައި ހުރި ކަމަށް ސިވިލް އޭވިއޭޝަން އޮތޯރިޓީއިން ކުރި އޮޑިޓްން ވަނީ ހާމަވެފައެވެ.
އެތަނުގައި ހުރި މައްސަލަތައް ހައްލު ކުރުމަށް މިދިޔަ މަހުގެ ތެރޭގައި 20 ދުވަހުގެ މުހުލަތެއް ދިންނަމަވެސް އެކަން ކޮށްފައިނުވެއެވެ.