ތ.އޮމަދޫ ހެލްތު ސެންޓަރުގައި އޮތް ހާލުދެރަ ބަލި މީހަކު ލ.ގަން ރީޖަނަލް ހޮސްޕިޓަލަށް ގެންގޮސްދީފިއެވެ. އެމީހާ ގަން ރީޖަނަލް ހޮސްޕިޓަލަށް ގެންގޮސްދީފައި ވަނީ އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑްގެ އެހީތެރިކަމާއެކު އެމްއެންޑީއެފް ކޯސްޓްގާޑު ޝިޕް ކާމިޔާބުގައެވެ. އޭނާ އެ ހޮސްޕިޓަލަށް ގެންގޮސްފައިވަނީ ރޭ ފަތިހު ކަމަށް އެމްއެންޑީއެފުން ވިދާޅުވިއެވެ.

އުމުރުން 57 އަހަރުގެ ބަލި (ފިރިހެން) މީހާ ލ.ގަން ރީޖަނަލް ހޮސްޕިޓަލަށް ގެންގޮސްދީފައިވަނީ، ޞިއްޙީ އިތުރު ފަރުވާއަށް ލ.ގަން ރީޖަނަލް ހޮސްޕިޓަލަށް ގެންގޮސް، ފަރުވާދިނުމަށް އެ މީހާ ބެއްލެވި ތ.އޮމަދޫ ހެލްތު ސެންޓަރުގެ ޑޮކްޓަރުން ލަފާދެއްވުމާ ގުޅިގެންނެވެ.

އެމްއެންޑީއެފް ކޯސްޓްގާޑު ޝިޕް ކާމިޔާބުގައި ބަލި މީހާ ލ.ގަން ރީޖަނަލް ހޮސްޕިޓަލަށް ގެންގޮސްދީފައިވަނީ ރޭ ފަތިހު 04:20 ހާއިރުއެވެ.