އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑުން ނ.ކެނދިކުޅުދޫގައި ފަޔަރ އެވެއަރނަސް ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފިއެވެ.

އޮގަސްޓް 27 ވަނަ ދުވަހު ކުރިއަށްގެންދިޔަ މި ޕްރޮގްރާމުގައި ނ.ކެނދިކުޅުދޫ ސްކޫލުގައި ތަޢުލީމު ހާސިލުކުރަމުންދާ 65 ދަރިވަރުންނާއި އެ ރަށުން 100 މީހުން ބައިވެރިވިއެވެ.

މި ޕްރޮގްރާމުގައި ކިޔަވައިދެވުނު ބައިތަކުގެ ތެރޭގައި އަލިފާންނިވި އަދި އަލިފާން ބްލޭންކެޓު ބޭނުން ކުރާނެ ގޮތުގެ އިތުރުން، އާންމުކޮށް ހިނގާ އަލިފާނުގެ ހާދިސާތަކުގައި އަމަލުކުރަންޖެހޭ ރަނގަޅު ގޮތްތައް ހިމެނެއެވެ.

މި ޕްރޮގްރާމުގެ ބައިވެރިންނަށް މަޢުލޫމާތު ފޯރުކޮށްދިނީ އެމްއެންޑީއެފް "ދަ ބޭސިކް ސްކޫލް" ގައި މަސައްކަތްކުރަމުންދާ ފަޔަރ އެންޑް ރެސްކިޔު ސަރވިސްގެ ސިފައިންނެވެ.

- ޚަބަރާއި ފޮޓޯ އެމްއެންޑީއެފް