ފ.ދަނރަބޫދޫ ސްކޫލާއި އެރަށު ޕްރީސްކޫލުގެ ދަރިވަރުން އެމްއެންޑީއެފް ކޯސްޓްގާޑު ޝިޕް ކާމިޔާބަށް ޒިޔާރަތްކޮށްފިއެވެ.

އެކުދިން އެޝިޕަށް ޒިޔާރަތްްް ކުރީ އޮގަސްޓް 30 ވަނަ ދުވަހުއެވެ. އެ ދެ ސްކޫލްގެ ދަރިވަރުން އެމްއެންޑީއެފް ކޯސްޓްގާޑު ޝިޕް ކާމިޔާބަށް ކުރި މި ޒިޔާރަތުގައި އެ ދެ ސްކޫލުގައި ތަޢުލީމު ހާސިލުކުރަމުންދާ 85 ދަރިވަރުންގެ އިތުރުން 21 ޓީޗަރަކު ބައިވެރިވިއެވެ.

މި ޒިޔާރަތުގައި، އެ ދެ ސްކޫލުގެ ދަރިވަރުންނަށް ކަނޑުމަތީގެ ނެވިގޭޝަނަލް ޗާޓް އަދި ކޯސްޓްގާޑު ޝިޕުތަކުގައި ބޭނުންކުރާ އިކްއިޕްމެންޓްތައް ދައްކާލުމުގެ އިތުރުން ކޯސްޓްގާޑާ ބެހޭ މަޢުލޫމާތު ވަނީ ފޯރުކޮށްދީފައެވެ.

އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑާއި ކޯސްޓްގާޑު ޝިޕް ކާމިޔާބު ގުޅިގެން އިންތިޒާމުކުރި މި ޒިޔާރަތުގައި، ދަރިވަރުންނަށް މަޢުލޫމާތު ފޯރުކޮށްދިނީ އެމްެއެންޑީއެފް ކޯސްޓްގާޑު ޝިޕް ކާމިޔާބުގައި މަސައްކަތްކުރާ ސިފައިންނެވެ.