ގދ. ތިނަދޫން ދުވަސްވީ އަނަހެނަކު ގެއްލިގެން ހޯދަން ފަށައިފިއެވެ. ފުލުހުން ވިދާޅުވީ ހޯދަމުން ގެންދަނީ އުމުރުން 81 އަަހަރުގެ ދިވެހި އަންހެނެެއް ކަމަށެވެ.

އެމީހާ ގެއްލިގެން ފުލުހުންނަށް ރިޕޯޓު ކޮށްފައިވަނީ މިއަދު 18:40 އެހައިކަންހާއިރު ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ. އެންމެފަހުން އޭނާ ގެއިން ނުކުތީ ކައިރި ގެއަަކަށް ދިއުމަށް ކަމަށް ބުނެފައިި ކަމަށް ވެސް މައުލޫމާތު ލިބިފައިވެއެވެ.

އެމީހާ ހޯދުމުގެ މަސައްކަތް ފުލުހުންނާއި އާންމުން ގުޅިގެން މިހާރުވެސް ދަނީ ކުރަމުންނެވެ. އެމީހާއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިއްޖެ ކަމަށްވާނަމަ ތިނަދޫ ޕޮލިސްސްޓޭޝަންގެ ނަމްބަރު 6842557 އަށް ގުޅުއްވައި މަޢުލޫމާތު ހިއްސާ ކޮށްދެއްވުމަށް ފުލުހުން ވަނީ އެދިވަޑައިގެންފައެވެ.