ސަރުކާރުގެ ޚަރަދުގައި ޑިގްރީ އަށް ކިޔެވުމުގެ ފުރުސަތު މިހާތަނަށް 15،000 ދަރިވަރަކަށް ދެވިފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު އުފަލާއެލި ފާހަގަ ކުރައްވައިފިއެވެ.

އެމަނިކުފާނު ކުރައްވާފައިވާ ޓުވީޓެއްގައި ވިދާޅުވެފައިވަނީ ދަރިވަރުންނަށް ސަރުކާރުގެ ޚަރަދުގައި ޑިގްރީއާ ހަމައަށް ކިޔަވައި ދެއްވުމުގެ މަގުސަދަކީ ގައުމު ބިނާކުރުމުގައި ގާބިލް ޖީލެއް އުފެއްދުން ކަމަށެވެ.

ހިލޭ ޑިގްރީ ޕްރޮގްރާމުގެ ދަށުން 2019 އަހަރު 4804 ދަރިވަރުންވަނީ ކިޔަވައިފައެވެ. ޖެހިގެން އައި 2020 ވަނަ އަހަރު 4818 ދަރިވަރުން ކިޔަވައެވެ. 2021 ވަނަ އަހަރު 3301 ދަރިވަރަކުވަނީ ފުރުސަތުގެ ބޭނުން ހިފައިފައެވެ، 2022 ވަނައަހަރު މިހާތަނަށް 2077 ދަރިވަރުން ގެންދަނީ މިޔަވަމުންނެވެ. އަަންނަ އަހަރު ނިމޭއިރު 5000 އަށްވުރެ ގިނަދަރިވަރުން މިޕްރޮގްރާމުގެ ދަށުން ގްރެޖުއޭޓުވެގެން ނިކުންނާނެއެވެ.